ads
އެމްއެމްއޭ ބޯޑުގެ މެންބަރު ޝުހާދު
އެމްއެމްއޭގެ ބޯޑުން ޝުހާދުވެސް އިސްތިއުފާދެއްވައިފި
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމްވެސް އިސްތިއުފާދެއްވައިފިއެވެ.
Advertisement

އެމްއެމްއޭ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެމްބަރު ޝުހާދު އިބްރާހިމް މަގާމުން އިސްތިއުފާދެއްވުމަށް ހުށައެޅީ އިއްޔެކަމަށް އެނގިފައިވެއެވެ. 

އިސްތިއުއްފާދެއްވަން ނިންމިކަން ހާމަކޮށް ގަވަރުނަރު އަހުމަދު މުނައްވަރަށް ޝުހާދު ފޮނުވި ސިޓީގައިވަނީ ފައިނެންޝަލް ސެންޓަރު އެޅުމަށް ބިން ގަތުމުގެ ޕްރޮޕޯސަލްގައި ކަންބޮޑުވާ ރިސްކުތަކެއް ހުރިކަކަމަށް ވިދާޅުވެ އެކަންކަން ފާހަގަކުރައްވާފައެވެ. އަދި އެ ނިންމުން އަންބުރާ ގެންދަންވެސް ގަވަރުނަރާއި ބޯޑަށް ހިއްސާކުރައްވާފައިވާކަމަށް ވެސް ޝުހާދު ސިޓީގައިވެއެވެ.

ޝުހާދު އިސްތިއުފާ ދެއްވިިއިރު އެމްއެމްއޭ ބޯޑުގައި ހިމެނޭ އަހުމަދު ޒަޔާން މުހައްމަދު ވެސް އިއްޔެ ވަނީ އިސްތިއުފާ ހުށަހަޅުއްވާފައެވެ. މި ދެބޭފުޅުން އިސްތިއުފާދެއްވިއިރު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުން އަހުމަދު އިމާދު ވަކިކުރަން ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ މަޖިލިހަށް ހުށައަޅުއްވާފައެވެ. 

އެ މައްސަލަ މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. 

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ މައްސަލަ ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް