
ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ތަރާވީހުގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.
މި ދެ ބޭފުޅުން އެކުގައި މި ފެނުނީ ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އަދި އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމާ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އޮތް ގުޅުން ގޯސްވެފައިވާކަމަށް އަބްދުއްރަހީމްވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ކަންތަކުގެ ތެރެއިން އަބްދުއްރަހީމާއި ގުޅުން ހުރި ބައެއް ބޭފުޅުން ވަނީ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައެވެ.
އެގޮތުން ޓްއަރިޒަމް މިނިސްޓާރިކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ކުއްލި ގޮތަކަށް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އަދި ފައިސަލް މަގާމުން ވަކިކުރިތާ ހަފްތާއެއް ނުވަނީސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ވަޖީހަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުންގެ ބަފާބެއެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ހުންނެވި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.
މި ދެބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.