މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި ވޮލަންޓިއަރުން ހޯދަނީ މަސައްކަތުގެ ތަޖުރިބާ ލިބޭގޮތަށެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ކުރިމަތިލުމުގެ މަގު ހުޅުވިފައިވާއިރު، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު، އެ މަސައްކަތުގެ ތަޖުރިބާގެ ލިޔުމެއް ދޭނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3026951 ނުވަތަ 3026914 ނަންބަރަށް ގުޅައިގެން އެ މައުލޫމާތު ލިބޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޮފީހުން ބުނެފައިވެއެވެ.