ads
ސިއްރު - 42 ވަނަ ބައި
އެޕިސޯޑް 42
Advertisement

އެހިސާބުން ކުރެވެންފެށީ މުޅިން އައު އިހްސާސްތަކެއް.. މީގެކުރިން އަހަރެންގެ ހިތުގައި ހަމައެކަނި އިހްސާސްތަކެއް އުފެދުނީ ޒާޔާއަށްޓަކައި.. އެ ގުޅުން ނިމުނީ ހިތިގޮތަކަށް.. އަހަރެން ހީކުރީ ޒާޔާއެކޭ އެއްފަދައިން ރިދީވެސް އަހަންނަށް 'ޗޗީޓް' ކުރަނީކަމަށް..! އެސަބަބަށްޓަކައި އަހަރެންގެ އަމިއްލަ އިހްސާސްތައް މައިތިރިކުރަން އަހަރެން ބޭނުންވީ.. އާހިރުގެ އެއިގެ ސަބަބުން ހުރިހައި ދެރައެއް ލިބޭނީ އަހަންނަށްކަމަށްވާތީ.. އެކަހަލަ ކަންކަމުގައި ހަދަންޖެހޭގޮތެއް، ނޫނީ ރަގަޅުގޮތަކީ ކޮބައިކަމެއް އަހަންނަކަށް ނޭގެ.. އެވަގުތެއްގައި އަހަރެންގެ ހިތަށްއެރި ކޮންމެ ގޮތަކީ އެއީ އަހަންނަށް އެންމެ ރަގަޅުގޮތްކަމަށް ވިސްނަނީ.. ރިދީއާމެދު އުފެދުނު ކޮންމެ އިހްސާސަކީ މުޅިން އައު ކަންތައްތަކެއް.. އެއީ ދުވަހަކުވެސް އަހަރެން އިހްސާސްކުރި ކަންކަމެއް ނޫން.. ޖެލަސީގެ ސަބަބުން، އެހެން އެއްވެސް މީހަކާއިމެދު ވިސްނުމަށް ރެއާއި ދުވާލު އަހަރެންގެ ސިކުނޑި ތަގައްޔަރުވުމަކީ އަޖައިބެއް..! ވައިރޯޅިއެއް ޖެހިލިޔަސް، ގަހެއްގައި ފޮޅެފައި އިންނަ މަލެއް ފެނުނަސް، މީރު އެއްޗެއް ކެޔަސް، ދުވަހުގެ މަސައްކަތަށްފަހު ވަރުބަލިވެގެން އަރާމްކޮށްލާންވިޔަސް ވަށައިގެން ފެންނނަނީ ހަމައެކަނި ރިދީ.. އެކަމަކު އަހަންނަށްވުރެން ރިދީއާއި ގާތްވަނީ އިކާން، ނޫނީ ކާމިލް..! ކާމިލްއާއިމެދު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.. އެކަމަކު އިކާންއާއި ރިދީގެ ގާތްކަން އަހަރެންގެ ސިކުނޑި މޮޔަކޮށްލާ.. އެހުރިހައި ކަމެއްގެ ރުޅި ބާލައިލެވެނީ ރިދީއަށް.. އެކަމަކު ދެމީހުންގެ ދެމެދު އުފެދޭ ކޮންމެ ހަމަނުޖެހުމެއް ނިމިގެންދަނީ ކ* އަކުން..! އަހަންނަކަށް ނޭގުނު އެކަން ހެންޑްލްކުރާކަށް.. އެނޫން ހައްލެއްވެސް ސިކުނޑިއަކަށް ނާދޭ!"

އަހަރެންގެ އަތް ގެންގޮސް އީތަންގެ ތުންފަތުގައި ޖައްސާލައިގެން، ލޯ މަރައިލައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު އަނެއްކާވެސް ހިކިގޮތަކަށް ކެއްސާލުމަށްފަހު ހީނލެވޭތޯ މަސައްކަތްކުރި އެވެ. 

"ދެން އެހެން އުޅެނިކޮށް އެއްދުވަހަކު އަހަރެން މީޓިންއަކަށް، ހޮޓަލަކަށް ދިޔަތަނާ ދިމާވަނީ ޒާޔާއާއި.. ތަކުރާރުކޮށް އަހަރެންގެ ކިބައިން ޒާޔާ މައާފަށް އެދުނު.. ވަރަށް ގިނަ ވާހަކަދެއްކިން، އަހަރުމެން ދެމީހުންދެމެދުގައި އުފެދިފައި އޮތް ވަރަށް ގިނަ ކަންކަން އެދުވަހު ހައްލުވެސް ކުރެވުނު.. އެކަމަކު އަހަރެންގެ ސިކުނޑީގައި ތަފާތު ހިޔާލްތަކެއް އެނބުރިގަތް..! ޔަގީންކުރެވުނީ ޒާޔާ މިފަހަރު އަހަރެންގެ ހަޔާތަށް އެނބުރި މިއައީ އާދައިގެ ކުޑަކުޑަ ކަމެއްގައެއް ނޫނޭ.. ކޮންމެވެސް ބޮޑު މަގުސަދަކައިގެން ކުއްލިޔަކަށް އަހަރެންގެ ހަޔާތަށް ޒާޔާއައިކަމަށް ސިކުނޑީގެ ވަރަށް ފުނުން އަހަންނަށް އިންޒާރުދިން..! ވަރަށް ވިސްނިން.. ޒާޔާއަކީ ހަމައެކަނި އަންދާޒާއަށް ދޫކޮށްލާ ކަހަލަ އަންހެނެއް ނޫން.. އޭނައަކީ ވަރަށް ސްމާޓް ވަރަށް ނުރައްކާ، ޖެހިލުންކުޑަ އަންހެނެއް..! ނުބައިވެގެން ޒާޔާ ނުކުރާނީ މިވެނިކަމެކޭ ބުނަން ވަރަށް އުނދަގޫވާނެ.. އަހަރެންގެ ހަޔާތުން ބޮޑުބައެއް ގެއްލިގެން ދިޔައީ ޒާޔާގެ ސަބަބުން.. ދެވަނަ ފަހަރު ހަމަ އެ ހަރުން އަހަރެންގެ ގަޔަށް ކަށިޖެހުމަކަށް ފުރުސަތުދޭކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވި..! އޭނާގެ ނުބައި ރޭވުންތައް ކާމިޔާބުވިޔަދޭން އަހަރެންގެ ފަރާތުން ފުރުސަތެއް ދޭކަށް އަހަރެން ބޭނުމެއް ނުވި.. މި ސަބަބުތަކަށްޓަކައި 'އޭނާ ތަހަންމަލްކުރުން' ނޫން އެހެން ޗޮއިސްއެއއް އަހަންނަކަށް ނުފެނުނު.. އެހެންވެ، އޭނާގެ ކޮންމެ ހަރަކާތެއް، އޭނާގެ ކޮންމެ ރޭވުމެއް އަހަރެން ތަހަންމަލްކުރުމަށް ނިންމިން..! އެކަންކަން ކުރީވެސް އެގޮތަށް.." އީތަންގެ ވާހަކަ މެދުކަނޑާލާފައި ވަށައިގެން ބަލައިލި އެވެ. މީހެއްގެ ނުވަތަ ބައެއްގެ ހިލަމެއް ވުމުން ބަލައިލާފަދަ ގޮތަކަށް ބަލަން އިނުމަށްފަހު އަނެއްކާވެސް އަހަރެންގެ އަތުގައި ހިފަހަށްޓާލި އެވެ.

"އަހަރެންގެ ހުރިހައި ހަރަކާތެއް، އަހަރެން ކުރި ހުރިހައި ކަމެއްގެ މާނަ ރިދީ ނެގީ ނުބައިކޮށް..! ހައްލުކުރރަން ކުރެވޭނެ އެއްކަމެއްވެސް އަހަރެންގެ އިހްތިޔާރަކު ނެތް.. އަހަންނަށް ނުވިސްނުނު ހަގީގަތަކީ ރިދީއާއި ގުޅުންހުރި ހުރިހައި ކަމެއްގައި އަހަންނަށް ވިސްނަން މަޖުބޫރުވަނީ ހިތުން..! އެކަމަކު އަހަންނަކީ ހިތުން ވިސްނާ މީހެއް ނޫން.. އަހަރެންގެ ކޮންމެ ނިންމުމަކީ ސިކުނޑީގެ އަޑު.. ސިކުނޑީގެ ނިންމުން..! އަހަރެން ގަބޫލުކުރާގޮތުގައި ސިކުނޑިއަކީ އިހްސާސް ދަންނަ ގުނަވަނެއް ނޫން.. އެކަމަކު ހިތަކީ އިންސާނާގެ ހުރިހައި އިހްސާސެއް ގުޅިފައިވާ އެންމެ ނާޒުކު ގުނަވަން.. އަހަރެން ރިދީއަށްވީ ހުރިހައި ހުވަޔަކާއި، ވީ ވައުދުތަކާއި ބަދަލުކުރެވުނު އަހުދުތަކަކީ އަހަރެންގެ މި މޮޔަހިތުގެ ކުށް..!" އީތަންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އަހަރެންގެ އަތަށް ފޭބިކަމެއް އޭނާއަކަށް ނޭގެ އެވެ.

ލޮލުން ކަރުނަ ހިލެމުންދިޔަކަމެއްވެސް އީތަންއަކަށް ނޭގެ އެވެ. އޭނާގެ ހިތާއި ސިކުނޑީގައި ބަންދުކޮށްފައިވާ ހުރިހާ ސިއްރެއް ހާމަކުރުމުގައި އޭނާ 'ބިޒީ' އެވެ. 

"އެހުރިހައި ހާޖާނެއްގެ ތެރެއިން އަހަންނަށް މާފަހުން އެނގުނީ ރިދީ އައްޑޫސިޓީއަށް ބަދަލުވާން އުޅޭކަން.. އަހަރެންގެ ރުޅިގަނޑު މައިތިރިއެއް ނުކުރެވުނު.. އެ ދުވަހު އޮފީހަށް ޒާޔާއަށް އާދެވުނީ އެ ކުޅިގަނޑުގެ ތެރެއަށް..! އޭނާގެ 'އާންމު އެކްޓްކުރަން' ފަހެއް ނުޖެހުނު..! ޒާޔާގެ މަސްތުގެ ޖަލުގައި އަހަރެން ހައްޔަރުކުރި.. މިވަގުތުވެސް ގަބޫލުކުރަން އެއީ އަހަރެން އޭނާއަށް ދިގެންނުވާނެ ހުއްދައެއްކަން.. އެކަމަކު އަހަރެން ބޭނުންވީ އޭނާގެ ހަގީގީ ޓާގެޓަކީ ކޮބައިކަން އެނގެން.. ކޮންމެއަކަސް، އޭނާގެ ދަށުދަރަޖައިގެ އެ އަމަލުތަކުގެ ޝިކާރައަކަށް އަހަރެން ހެދި..! އަހަރެން އެކަމަށް ދެކޮޅެއްވެސް ނުހަދަން.. ހަގީގަތް ހޯދަން ކުރާންޖެހުނު ކޮންމެ ކަމަކަށް އަހަރެން ހުރީ ތައްޔާރަށް.. އެކަމަކު އޭނާގެ އެންމެ ފަހު 'ހަރަކާތަކީ' އަހަރެން ރިދީއަށް ވެފައި އޮތް ވައުދު ހަނދާނަށް ގެނުވައި، އަހަރެން ހާސްކޮށްލި ކަންތައްގަނޑެއް..! އަހަރެންގެ ހަތަރެސްފައި އަހަރެންގެ ސިކުނޑިއާއި ދެކޮޅުވުމުން، އަހަރެންނާއި ދުރަށް އޭނާ ކޮށްޕާލިން.. އެއަށްފަހު ދެމީހުން ދެމެދުގައި ހަމަނުޖެހުންވެސް ހިނގި.. އެކަން ފޮރުވަން މަސައްކަތްކުރަންޖެހުނީވެސް އަހަންނަށް.. އެކަމުގެ ތެރެއިން އޭނާ އަހަރެންގެ 'ނިއު ޕީ.އޭ' އަކަށް ހަދަން މަޖުބޫރޫވީ..! ރިދީ އަހަރެން އިގްނޯރ ކުރަންފެށީ އެހިސާބުން..! ހަމަ އެއިގެ ތެރެއިން އިކާން ރިދީއަށް 'ބޭބީ' ކިޔަންފެށީ..! އަހަރެންގެ ސިކުނޑިއެއްވެސް އަހަރެންގެ ހިތެއްވެސް އަހަންނަކަށް އެހިސާބުން މައިތިރރިއެއް ނުކުރެވުނު.. ހުރިހައިކަމެއް ދިޔައީ ގޯހުން ގޯހަށް.. އަހަރެންގެ ހުރިހައި ރުޅިއާއި ނަފްރަތެއް ބުރުވާލެވުނީ ރިދީއަށް..!" އީތަންގެ ވާހަކަ މެދުކަނޑާލާފައި އޭނާ ހިމޭންވި އެވެ. 

އަހަރެން އަތުން ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް އޭނާ ނުގެންގުޅެ އެވެ. ސުވާލެއްކޮށް، މާހައުލު ގަޑުބަޑުކުރުމުގެ މަގުސަދެއް އަހަރެންގެ ނެތުމުން ހިމޭނުން އިނީމެވެ.

"ބަޓް، ގިލްޓް ޕްރިންސެސް..! އަހަރެންގެ ސިކުނޑީގައި އެނޫން އެއްޗެއް ނެތް..! ދެން ހަނދާންވީ އެއްދުވަހެއްގައި ރިދީގެ ދަބަހުން ތަޅުދަނޑިފަތި ފެނިގެން އޮފީހުގެ ޕިއޯންލައްވައި ގޭގެ މައިދޮރުގެ ޑަބަލް ކީ އެއް އަހަރެން ހަދުވާފައި އޮތްކަން.. އެއީ ނުބައި މަގުސަދެއްގައި ކުރިކަމެއް ނޫން.. ރިދީއަށް ކަމެއް ދިމާވިޔަސް އެހީވާނެ އެހެން މީހަކު ނުހުންނާނެކަމަށްބަލާފައި ކޮންމެ ވަގުތަކުވެސް ތިގޭގެ 'އެކްސެސް' އަހަރެން އަތުގައި ބާއްވަން ކުރިކަމެއް އެއީ..! އެކަމަކު މީހެއްގެ ގޭގެ ތަޅުދަނޑިއަށް ހުއްދަ ނުހޯދުމަކީ ބޮޑު ކުށެށްކަން ގަބޫލުކުރަން..! އެކަމަކު އެއީ އަހަރެންގެ ރިދީގެ ގެ.. އެހެންވީމައި އޮޓޮމެޓިކުން އަހަރެން އެ ހުއްދަ ލިބިގަތީ..!" އަހަރެންނާއި ދިމާއަށް ބަލައިލާފައި ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން އީތަންގެ ބޯ ތަޅުވާލާފައި ބުންޏެވެ.

ކުރެވުނީ މޮޅުކަމެއްކަމަށް ނިންމާފައި ފަހުރުވެރިވީކަމަށް ވެދާނެ އެވެ. އަހަރެން އެތައް ފަހަރަކު ކުރާން އުޅުނު ސުވާލެއްގެ ޖަވާބު ލިބުމުން ހަމަޖެހިލީމެވެ. 

"ދެން އެރޭ މެންދަމު ތެމިގެން ހުރެ، ތި ގެއަށް ވަނީ އަސްލު މައާފަށް އެދެންވެގެން.. އެކަމަކު އަހަރެންގެ ޕްރިންސެސް އޮތީ ނިދާފައި.. އެތަށް އިރަކު ތި ލޯބި މޫނަށް ބަލަން، ވަރަށް ގާތުގައި އަހަރެން އިނިން.. ނިދިގެން ވެއްޓުނީ ކޮންއިރަކު ކަމެއް ނޭގުނު.. ހެނދުނު ހެނދުނާ މައާފަށްވެސް އެދުނިން.. އެދުވަހުވެސް ހެދުނު ގޯހަކީ ޒާޔާގެ ހަގީގަތް އަހަރެންގެ ޕްރިންސެސް ގާތުގައި ނުބބުނުން.. އެވާހަކަ ނުބުނެވުނު ސަބަބަކީ އަހަރެންގެ އެއްވެސް ޕްލެންއެއް 'ބެކްފަޔަރ' ކުރުމަށް ފުރުސަތެއް ނުދިނުން.. ޒާޔާއަކީ ވަރަށް ނުރައްކާ އަންހެނެއް..! ހިތަށް އެރީ އަހަރެން ރިދީ ގާތުގައި ބުނީމައި، ރިދީ އިކާން ގާތުގައި ބުނެފާނެޔޭ..! އެ ދެމީހުން އެކުވެގެން އަހަރުމެން ދެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލަން ރާވައިގެން ކުރާކަންތައްގަނޑަކަށް މިކަން ވެއްޖިއްޔާ ދެން ކިހިނެއްބާއޭ ހަދާނީ..؟ ހަމަ އެވަގުތު ރިދީގެ ފޯނަށް އިކާންގެ މެސެޖެއް އައީ..! މެސެޖްގައި ބުނެފައި އޮތީ އިކާން ހުރީ ރިދީގެ ގޭ ދޮރުމަތީގައިކަމަށް..! އެހައި ހެނދުނާއި އިކާން ތިގެއަށް އައުމަކީ އަހަރެންގެ ޖެލަސީ، ހައްދުން ނެއްޓި ސަބަބު..! އަހަރެން ދޮރު ހުޅުވިން.. ކުރިމަތީގައި ތިބީ އިކާންއާއި ކާމިލް!" އަމިއްލަ ނަފުސު ކުށްވެރިކުރެވިފައިވާ މޭރުމަކުން އީތަން ހިންދިރުވާލި އެވެ.

"އަހަރެންގެ އަތުތެރޭގައި ރިދީ ގެންގުޅެނިކޮށް ހެނދުނުގެ އެވަގުތުގައި އެދެމީހުން އައުމަކީ އަހަންނަށް ބަލައިގަންނަށް ފަސޭހަ ކަމެއް ނޫން.. އަހަރެން ކިސްކޮށް، ވީޑިއޯކުރި ސަބަބަކީ ރިދީގެ ދިރިއުޅުމުގައި އެދެމީހުންގެ މަގާމާއި އަހަރެންގެ ހައިބަތު އެމީހުންނަށް ދައްކާލުން..! އެކަން ކުރީ ހަމައެކަނި އެދެމީހުންނަށް ދައްކާލަން..! ރިދީއަކީ ހަމައެކަނި އަހަރެންގެ މީހެއްކަމާއި، ތިއީ ހަމައެކަނި އަހހަރެންގެ ހައްގެއްކަން އެމީހުންނަށް އެދުވަހު ދައްކާލިން..! ޔޫ އަރ * މައިން..!" ހުތުރުބަހުން އީތަން ހަޅޭއްލަވައިގަތެވެ. އަހަރެން މިވަގުތު ބިރެއް ނުގަނެއޭ ބުނެފިނަމަ އެއީ ކަނޑައެޅިގެން ދޮގެކެވެ. 

ހުޅުވުނު އަނގަ ލައްޕާލަންވެސް ނޭގުނެވެ. މިހައި ތަނަށް އަހަންނަށް އެނގިފައި އޮތީ އަހަރެންގެ ސަފްހާގައި ހިނގާދިޔަ ކަންކަމެވެ. އީތަންގެ ހަޔާތުގައި އޭނާ ތަހަންމަލްކޮށްފައިވާ ކަންކަމާއި އޭނާ ކުރިމަތިލަމުންދިޔަ އުނދަގޫތަށް އަހަންނާއި ހަމައަށް ދުވަހަކުވެސް ތިލަވެފައެއް ނެތެވެ. ހަޔާތުގެ މިހިސާބުން ހަގީގަތް ގަބޫލުކުރަން މަޖުބޫރެވެ. 'ސިއްރު' ހުޅުވިގެން މިދަނީ އީތަންގެ އިހްތިޔާރަކު ނޫނެވެ. އެކަމަކު ކަންފަތަށް އިވެމުން މިދަނީ ދޮގެއްނެތް، އޮޅުވާލުމެއް ނެތް ތެދު ހަގީގަތެވެ. އަހަރެންގެ ހަޔާތުގެ އަނދިރި ފަރާތެވެ. ފާޅުވެގެން މިދަނީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ސިއްރެވެ. 

"ބަޓް ޔޫ ޓުކް ދި ރޯންގް މޫވް، ޕްރިންސެސް..! ޔޫ ޕަންޗްޑް މީ..! އަހަރެންގެ މި ރުންކުރު މިޒާޖުގައި މިހައިތަނަށް ދުވަހަކުވެސް އީގޯއަށް ހަރޓް ނުވާވަރަށް އެދުވަހު ތަދުވި.. ނަތީޖާއަކަށްވީ، ނުރައްކާތެރި އިންޒާރަކުން އަހަރުމެން ދެމީހުންގެ ގުޅުމުގައި  ހުޅުޖެހުން.. އަހަރެންގެ ދެއަތުން އަހަރުމެން ދެމީހުންގެ ދިރިއުޅުން ސުންނާފަތިކޮށްލުން.. އަހަރެންގެ ހަޔާތުގައި އަދަދުނުކުރެވޭ ވަރަށް ގިނަ އަންހެންކުދިންނާއި ގުޅުން ބޭއްވިން.. ދުވަހަކުވެސް އަހަންނަށް ޗެލެންޖްކުރާންކެރުނު އަންހެންކުއްޖަކާ ދިމައެއްނުވޭ..! އަހަރެންގެ އެއްކަލަ ބިޔަބޮޑު އީގޯ..! އެންޑް ޔޫ ޑިޑް ދެޓް! ރަގަޅު ހެޔޮ އެންމެ ވިސްނުމެއްވެސް ސިކުނޑިއަކަށް ނައި.. ތިގެއިން ވެގަތުތު ނިކުމެގެން ދިޔައީ އަހަރެންގެ އަތުން އިތުރު ގޯހެއް ހެދިދާނެތީ..!" އީތަންގެ ވާހަކަ މެދުކަނޑާލި އެވެ.

އަހަރެން ހިންދިރުވާލީމެވެ. ހިފަހައްޓައިގެން ހުރި ސިއްރުތައް ނިމުނީ ނޫންކަން ޔަގީނެވެ. އަހަރެން ކޮޓަރީގައި ބަންދުވެފައި އިން ފަސްދުވަހު ހިނގާދިޔަ ކަންކަން ކުޑަނުވާނެކަން މިހާރު ޔަގީނެވެ. އެ ފަސްދުވަހުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ 

"ޔޫ ނޯ ވަޓް..؟ ތިގެއިން ނިކުމެގެން ދިޔަގޮތަށްގޮސް އަހަރެން ކުރިމަކަމަކީ ރިދީއަށް އަހަރެން ވެފައިހުރި ހުރިހައި ވައުދަކާއި އަހުދެއް އުވާލީ.. ނުކުރަން ބުނި ހުރިހައި ކަމެއް ކުރިން.. ހުރަސް ނުކުރާނަމޭބުނި ހުރިހައި ރޮނގެއް ހުރަސްކުރިން.. ނުވެއްޓޭނަމޭ ބުނި ހުރިހައި އަނަދަވަޅަށް ވެއްޓުނިން.. އަހަރެން އެހުރިހައި ކަމެއްކުރީ ޒާޔާއާއެކު.. އަހަރެން ހިތުން އަހަރެން އެ ރުޅި ބާލައިލީ ރިދީއަށް.. އެކަމަކު ހުރިހައި އުފަލަކާއި ކާމިޔާބެއް ދެވުނީ ޒާޔާއަށް..! އެވަގުތު އަހަންނަކީ އީތަން މުހައްމަދު މަނިކެއް ނޫން.. އަހަންނަކީ ރިދީގެ މޮންސްޓަރ..! ދުނިޔޭގެ ހުރިހައި ނުބައިކަމަކަށް ޖެހިލުން ނުވާ މޮންސްޓަރ.. މިހައިތަނަށް އެއަށްވުރެން އެކަށީގެންވާ ނަމެއް ދުވަހަކުވެސް މީހަކު އަހަންނަކަށް ނުދޭ..  އެ މޮންސްޓަރއަކީ މީހެއްގެ ހެޔޮބަހެއް ނާހައި، ނަމާދެއްނުކޮށް، ރަގަޅުނުބައި ބެލުމެއްނެތި މައުސޫމު އަންހެންކުއްޖަކު ބަރުބާދުކޮށްލި ރަހުމުކުޑަ ފުރޭތައެއް..! އަހަރެންގެ ނުބައިކަމުގެ ނަތީޖާއަކީ އަހަރުމެންގެ ސާފު ލޯބީގެ ނިމުން އެންމެ ހުތުރުގޮތުގައި ބަރުބާދުކޮށްލުން..!" އީތަންގެ އަޑު ބެދިއްޖެ އެވެ. 

ވޭނީ އާހެއްގެ އަޑުވެސް ނިކުމެދާނެކަމަށް އަހަރެންގެ އަނގަ ލައްޕައި ނުހަނު ބާރަށް ތުންފަތް ހައްޔަރުކުރީމެވެ. ދެ ލޯ ފުރިފައިވަނީ ހޫނު ކަރުނައިން ނެވެ.

ވިސްނާލެވުނީ އެންމެ ޕޮއިންޓެކެވެ.

'މި ވާހަކައަކީ އަހަރުމެން ދެމީހުންގެ ނިމުން، ނުވަތަ އަހަރުމެން ދެމީހުންނަށް މުޅިން އައު ފެށުމަކަށްވެދާނެ..'

"އެކަމަކު ވަގުތު ފާއިތުވިފަހުންނަމަވެސް އަހަރެންގެ ކުށް އަހަންނަށް ވިސްނި، ގެއްލުނީ ކިހައި އަގުހުރި ޖަވާހިރެއްކަން ގަބޫލުކުރެވުނު.. އެހެންވެ ހުރިހައި ވާހަކައެއް ހަގީގަތަށްބުނެ މައާފަށް އެދެން  ތިގެއަށް ދިޔައީ.. އަހަރެންގެ ތަޅުދަނޑިފަތީގައި ތިގޭ ތަޅުދަނޑި ނެތްކަން އެނގުނީ ދޮރުހުޅުވާން އުޅުމުން.. އެހެން މީހަކު އެ ތަޅުދަނޑި ފޮރުވަފާނެކަމަށް ވިސްނާލަންވެސް ނޭގުނީ.. ދޮރުގައި ވަރަށް ތެޅިން އެކަމަކު ދޮރެއް ނުހުޅުވި.. ތަޅުދަނޑި ހޯދަން އަހަންނަށް ގެއަށް އާދެވޭ ވަރަށްވުރެން މާ ބޯކޮށް ވާރޭ ވެހެންފެށީ ހަމަ ކުއްލިޔަކަށް.. ދެން އިށީނީ ތިގޭ ސިޑި މަތީގައި.. އެތާގައި އިންދައި ނިދިޖެހުނު އިރެއްވެސް ނޭގުނު.. އެ ރޭ ނިދީ ތިގޭ ސިޑި މަތީގައި.." އަހަރެނންގެ ލޮލެކޭ އެއްފަދައިން އީތަންގެ ލޮލުގައިވެސް ވަނީ ހޫނު ކަރުނަ އެވެ.

އެކަމަކު އަހަރެންގެ ލޮލަށް ވުރެން އީތަންގެ ލޯ އިންތިހާއަށް ރަތްވެފައިވާކަން އަނދިރީގައިވެސް އަހަންނަށް ޔަގީނެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް