ads
ފެން ބޮޑުވެގެން މާލޭގައި ފެން ހިންދުމުގައި ސިފައިން މަސައްކަތް ކުރަނީ
މިނެޓަކު 11,000 ލީޓަރު ހިންދާލެވޭ އިތުރު ދެ ޕަމްޕު މާލެއަށް ގެންނަނީ
މާލެ ސިޓީގައި ބޯކޮށް ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މިނެޓަކު 11,000 ލީޓަރަށްވުރެ ގިނަ ފެން ހިންދާލެވޭ އިތުރު ދެ ގްލޯބަލް ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ކައުންސިލުގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރު ކޮޅުގައެވެ. މޭޔަރ އާޒިމް އިތުރަށް ވިދާޅުވީ ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭއްވުމަކީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށެވެ.

މިހާރުވެސް މާލެ ސިޓީ ކައުންސިލުން ގެނެސްފައިވާ ދެ ޕަމްޕު އޮޕަރޭޓްކޮށް މެއިންޓެއިންކުރުމުގެ ކަންކަން ބެލެހެއްޓުމަށް ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައެވެ. އެ ދެ ޕަމްޕު މިހާރު ބޮޑަށް ބޭނުންކުރަމުން އަންނަނީ މާލޭ ސިޓީގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ކަމަށްވާ މާފަންނު ކޮޅުގައެވެ.

ކައުންސިލުން ވަނީ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށްފަހު މި ޕަމްޕުތައް ހޯދާފައެވެ. މި ޕަމްޕުތަކަކީ މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައި ޕަމްޕުތަކަށްވުރެ 10 ގުނަ ބާރުމިނުގައި ފެން ހިންދާ ޕަމްޕުތަކެކެވެ. ކޮންމެ ޕަމްޕަކުން ވެސް މިނެޓަކު 11,356.24 ލީޓަރުގެ ފެން ބޭރުކޮށްލެވޭނެއެވެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1,300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެވެ. މި ޕަމްޕުތަކަކީ ފެން ގަނޑުތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ހޮޅިތެރެއިން ބޭރުކޮށްލެވޭ ޕަމްޕުތަކެކެވެ.

މާލޭގައި މީގެ ކުރިން ފެން ހިންދުމަށް ބޭނުންކުރަމުން އައީ ދޯނިފަހަރުގައި ދިޔަ ހިއްކުމަށް ބޭނުންކުރާ ފެންވަރުގެ ޕަމްޕުތަކެވެ. އެހެންކަމުން މި ޕަމްޕުތަކަކީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް