
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާތަކެެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފައި.
ރާއްޖެ ވައްދަން އުޅުނު 6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިފި
މުހައްމަދު އާދަމް އަހްމަދު
13 މާރޗް 2025 - 15:16:58
ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނިކޮށްކަމަށެވެ. އަތުލައިގެން ޑްރަގުސް ގެ މަގުމަތީ އަގު 6.7 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމުން ބުނެއެވެ.
ބާވަތާއި ބަރުދަން:
▫️މެތަމްފެޓަމިން- (2138) ގްރާމް
▫️ކެޓަމިން- (1086) ގްރާމް
▫️ހެރޮއިން- (310) ގްރާމް
ކަސްޓަމަސްއިން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން އަތުލައިގެންފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް