ads
ސީއެންއެމް ބަދިގެ: ބްލޫބެރީ މަފިން
ސީއެންއެމް ބަދިގެ: ބްލޫބެރީ މަފިން
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ބްލޫބެރީ މަފިން" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

2 ޖޯޑް ފުށް

2 ސައިސަމުސާ ބޭކިން ޕައުޑަރު

250ގމ ބުލޫބެރީ

¾ ޖޯޑް ހަކުރު

½ ޖޯޑް އަންސޯލްޓެޑް މެލްޓެޑް ބަޓަރު

2 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

¾ ޖޯޑް ރޯކިރު

1 ސައިސަމުސާ ހަކުރު( ކޭކް މައްޗަށް އެޅުމަށް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފުށް، ބޭކިން ޕައުޑަރު އަދި ލޮނުކޮޅެއް ލައިގެން ފުށްކޮޅު އެއްކޮށްލާށެވެ. ދެން ދެންމެ އެއްކުރި ފުށުން ސަމުސަލެއް ބުލޫބެރީ ކޮޅު މައްޗަށް އަޅާލާ އެއްކޮށްލާށެވެ.

ދެން އެހެން ތަށްޓަކަށް ހަކުރު، މެލްޓް ކޮށްލި ބަޓަރު އަދި ބިސް ކޮޅު އެއްކޮށްލާށެވެ. ދެން ހަމަ އޭގެ ތެރެއަށް ވެނީލާ އެސެންސް އަދި ރޯކިރުކޮޅު އެއްކޮށްލާށެވެ.

ދެން ކުރިން ތައްޔާރުކޮށްފަ ހުރި ފުށްކޮޅު އެއާ އެއްކޮށްލާށެވެ.ވއެއަށްފަހު ބުލޫބެރީކޮޅު އަޅައިގެން ހުރިހާ އެއްޗެއް އެކީ އެއްކޮށްލާށެވެ.

ދެން އެއަށްފަހު ކަޕް ކޭކް ފިހާ ޓްރޭ ތަކަށް ދެންމެ ތައްޔާރުކޮށްލި ފުށްކޮޅު އަޅާލާށެވެ.ވއަދި ވަކި ވަކިން ކޮންމެ މަފިން އެއްގެ މައްޗަށް ބުލޫބެރީ އެއްލައި ހަކުރު ކޮޅެއް މައްޗަށް ބުރުވާލާށެވެ.

ދެން އެއަށްފަހު އަވަން 180ޑިގްރީގައި ބަހައްޓައިގެން 20 މިނެޓް ވަންދެން ފިހެލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;