ads
މަޖީދީ މަގު: ފޮޓޯ---އަދަދު
މަޖީދީމަގުގެ ފިހާރައަކުން ބޮޑު ވައްކަމެއް: ކޭޝިއަރު ވާނުވާއަށް
މާލޭ މަޖީދީމަހު ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އެ ފިހާރައިގެ ކޭޝިއަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ބަންދުކޮށްފައިވަނީ ސްރީލަންކާގެ 24 އަހަރުގެ އަންހެނެއް ކަމަށްވާ ވިޖެންދްރަ ވަދުގެ ނިރާޝާ ރަސާލީއެވެ. މި އަހަރުގެ ޖުނަވަރީ 8 ވަނަ ދުވަހު ހިނގާފައިވާ ކަމަށް ބެލެވޭ މި މައްސަލައިގައި، ނިރާޝާ ރަސާލީ ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހުއެވެ. އަދި މާރޗް 12 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށްފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ރަސާލީއަކީ އެ ފިހާރާގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. 

"މި މައްސަލައިގެ ތަހުގީގު ފެށިފައިވަނީ ފިހާރައިގެ ފައިސާއާއި މުދަލުގެ ހިސާބުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރި ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެން،" ކަމަށް ފުލުހުން ބުނެއެވެ. 

އޭނާ ވަގަށް ނެގީ ކިހާ ފައިސާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ރަސާލީ ވަނީ ކޭޝް ރެޖިސްޓަރުން ފައިސާ ނަގަމުން ގެންގޮސްފައެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް