ads
އުރީދޫއިން ބާއްވާ އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ: އެ ފެސްޓިވަލް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ - ފޮޓޯ/އުރީދޫ
އުރީދޫން ރޯދަ މަހު ބާއްވާ އީސްޕޯޓްސް ފެސްޓިވަލް ފަށައިފި
އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ފަށައިފި އެވެ.
Advertisement

ރޭ ފެށި މި ފެސްޓިވަލް އޮންނާނީ ކޮންމެ ރެއަކު 9 އިން މެންދަމު 12 އަށް ލިލީ މަގުގައި ހުންނަ ޔޫތު ތާޑް ސްޕޭސްގަ އެވެ. މި ފެސްޓިވަލް މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މިއީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި އެކުވެރިކަމާއި ވާދަވެރިކަމާ އެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލެކެވެ.

މި މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ގައި ވާދަކޮށް 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރާނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރު ފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްދާ ފެސްޓިވަލެކެވެ.

އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 އާންމުންނަށް ހުޅުވާލާފައިވާއިރު، މި ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނެ އެވެ. އެ ތަނުން، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް