އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ، ފިޔާ ލިބުމުގައި ދަތިތައް އުޅޭ ކަމާއި އަގުބޮޑުކޮށް ފިޔާ ލިބޭ ކަމަށް ބުނެ ބައެއް ހަބަރުތައް މީސްމީޑިއާގައި ފެންނަމުން އަންނަ ކަމަށެވެ.
އެކަމަކު ކުރިޔެކޭ އެއްގޮތަށް އެސްޓީއޯގައި އަދިވެސް ފިޔާ އެބަހުރި ކަމަށާއި، އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ކުރިންވެސް ވިއްކާ އަގު ކަމަށްވާ 13 ރުފިޔާއަށް ކަމަށް، އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މި އަންނަ ހަފުތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;