ads
ކަންގަނާގެ އެމަޖެންސީ
ކަންގަނާގެ "އިމަޖެންސީ" ޖޫން 13 ގައި ރިލީޒްކުރަން ނިންމައިފި
ކަންގަނާ ރަނާއުޓް ޑިރެކްޓްކޮށް އަދި އިންދިރާ ގާންދީގެ ދައުރު އަދާކުރާ "އިމަޖެންސީ" ފިލްމު 2025 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.
Advertisement

ފިލްމު ރިލީޒްކުރުން އެތައް ފަހަރަކު ލަސްވިއެވެ. ނަމަވެސް މިއަދު ޒީ ސްޓޫޑިއޯސް އަދި ކަންގަނާގެ ސޯޝަލް މީޑިއާ އަކައުންޓް މެދުވެރިކޮށް މި ހަބަރު ވަނީ ހާމަކޮށްފައެެވެ. 

އިންޑިއާގެ 1975-1977 ގެ އިމަޖެންސީ ދައުރާ ބެހޭގޮތުން އަލިއަޅުވާލާ މި ފިލްމަކީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ހުއްދަ ދިނުމުގައި ދިމާވި ދަތިތަކަކާއި، އަދި އެކި ފަރާތްތަކުން ފާޑުކިޔާ އަޑުތަކާ ކުރިމަތިލާންޖެހުނު ފިލްމެކެވެ. ކަންގަނާ މި ފިލްމުގައި ޕްރޮޑިއުސަރު އަދި ލިޔުންތެރިއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވެއެވެ. 

ފިލްމުގައި އިންދިރާ ގާންދީގެ ދައުރުން ކަންގަނާ ފެންނައިރު، އަނުޕަމް ހެރް ޖަޔަޕްރަކާޝް ނަރާޔަންގެ ގޮތުގައި، ޝްރޭޔަސް ތަލްޕަޑޭ އަޓަލް ބިހާރީ ވަޖްޕޭޔީގެ ގޮތުގައި، އަދި މިލިންދް ސޯމަން ފީލްޑް މާޝަލް ސަމް މަނެކްޝޯގެ ގޮތުގައި ފެނިގެންދާނެއެވެ. ސީބީއެފްސީއިން ފިލްމަށް ކުދި ބަދަލުތަކެއް ގެނައުމަށް އެދުމުން ކަންގަނާ ބުނެފައިވެއެވެ.

ނަމަވެސް ކަންގަނ ބުނީ "ފިލްމުގެ ރޫހު ގެއްލޭ ބަދަލުތަކެއް" ނުގެންނާނެ ކަމަށެވެ.

ފިލްމުގެ ދިގުމިނަކީ 2 ގަޑިއިރާއި 40 މިނެޓެވެ. އޭޕްރިލް މަހުގެ ފަހުކޮޅު ޓީޒަރެއް ނެރޭއިރެނެއެވެ،

"އިމަޖެންސީ" ފިލްމަކީ އެކަމާ ބެހޭގޮތުން ޚިޔާލު ތަފާތުވެފައިވާ ފިލްމެކެވެ. ކަންގަނާގެ ތާއިދުކުރާ ފަރާތްތަކުން މިއީ ތާރީހޯ މަސައްކަތެއް ކަމަށް ބުނަމުންދާއިރު، ފާޑުކިޔާ ފަރާތްތަކުން ފިލްމުގެ ތާރީހީ ސައްޙަކަމާމެދު ސުވާލު އުފައްދަމުންދެއެވެ. ކަންގަނާ މަންދީން ބީޖޭޕީ އެމްޕީއެއްގެ ގޮތުގައި މަސައްކަތްކުރާތީ، ފިލްމުގައި އިޝާރާތްކުރެވިދާނެ ސިޔާސީ އެޖެންޑާއަކާ ބެހޭގޮތުންވެސް ވާހަކަދެކެވެމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް