ads
ކުޑަގިރި ފަޅަށް ޑޯނިއާ މަތިންދާ ބޯޓު ފައްތާލަނީ
ދިވެހިންގެ ފުރަތަމަ މަތިންދާބޯޓުތައް މޫދަށް ފައްތާލައިފި
ދިވެހިންގެ އަމިއްލަ ބޯޓުތަކުގެ ގޮތުގައި ފުރަތަމަ ބޭނުންކުރި މަތިންދާބޯޓުތައް ކުޑަގިރި ފަޅުތެރެއަށް ފައްތާލައިފިއެވެ.
Advertisement

އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާ ބޯޓެއްވަނީ ފަޅުތެރެއަށް ފައްތާލާފައެވެ. އެ ކުންފުނިން އޭރު ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، ދެ މަތިންދާބޯޓް ވަނީ ކުޑަގިރި ފަޅުތެރެއަށް ފައްތާލާފައެވެ. މިތަކެތި އެތަނަށް ފައްތާލާ ހެދި ޑައިވިން ސައިޓު މިއަދު ވަނީ ހުޅުވާލާފައެވެ. 

your imageޑައިވް ސައިޓް ހެދުމަށް ޑޯނިއާ ކުޑަގިރި ފަޅަށް ފައްތާލަނީ 

މިޑައިވް ރެކަށް ބަލަހައްޓަނީ ކުޑަގިރި ބަލަހައްޓަމުން އަންނަ އެޗްޑީސީންނެވެ. އެ ކުންފުން ބުނީ މި ސައިޓް އިތުރަށް ތަރައްގީކުރުމަށް އެތަނުގައި މުރަކަ އިންދުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޑައިވް ރެކް އަކީ އެޗްޑީސީއާ އެމްއެމްޕީއާރުސީ ގުޅިގެން ހެދިތަނެކެވެ. މި ތަނަކީ ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް ވެސް ހުޅުވާލާފައިވާ ތަނެއްކަމަށް އެޗްޑީސީން ބުނެއެވެ. 

your imageޑައިވް ސައިޓް ހެދުމަށް ޑޯނިއާ ކުޑަގިރި ފަޅަށް ފައްތާފައި

މާލޭ ސަރަހައްދުގައި މީހުން ދަތުރު ދިޔުމަށް ބޭނުންކުރި ކުޑަބަނޑޮސް އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލުމުން މި ސަރަހައްދުގައި ޕިކިނިކް އައިލެންޑެއް ހަދާ ދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުުދު ފުއްދެވީ މާލެ ކައިރީގައި އޮތް ކުޑަގިރި ފަޅުން 8 ހެކްޓަރު ބިން ހިއްކާ ރަށެއް ހަދައިގެންނެވެ. އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ހެދިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް