ads
ރައީސް މުއިއްޒު އަރިހުގައި ކުރީގެ ރައީސް ޑރ. ވަހީދު
ކުޑަކުދިންނަށް އެޓޭކްކުރުން ހުއްޓާލަން ޑރ. ވަހީދު ގޮވާލައްވައިފި
ސިޔާސީ މަގްސަދުގައި ކުޑަކުދިންނަށް އެޓޭކްކުރުން ހުއްޓާލުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
Advertisement

ވަހީދު މިހެން ވިދާޅުވެފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

އެމްޑީޕީގެ މުޒާހަރާގައި މަރިޔަމް ޒުބައިރު (މަންދީ) ވަނީ ރައީސްގެ ދަރިކަލުންނާ ގުޅޭ ވާހަކަތަކެއް ދެކުމުން އެކަމާއި ގުޅިގެން މަންދީގެ މައްޗަށް ދައުވާ ކުރުމަށް ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ނިންމާފައެވެ. އަދި މަންދީއަށް ވަނީ އާދިއްތަ ދުވަހަށް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. 

މިކަމާ ގުޅިގެން ޑރ. ވަހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސިޔާސީ މަގްސަދުގައި ކުޑަކުދިން އެފަދަ ކަންކަމުގެ ތެރެއަށް ވެއްދުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދިގުދެމިފައިވާ ސަގާފަތެއްކަން ފާހަގަކޮށް، މިކަން މިހާރު ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓްރީ، އެޗްއާރްސީއެމް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިކަން ކުށްވެރިކޮށްފައިވެއެވެ. މި ކުކަރީގެ ރައީސް ވަހީދު ކުށްވެރިކުރެއްވި ވާހަކަތައް ދެއްކުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން އެއްބަސްވެފައިވާ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މިގޮތުން އެކަމަނާ މި ދައުވާ ކުރައްވަނީ ކުދިންގެ މަންމަގެ ހައިސިއްޔަތުން އަމިއްލަ ފަރުދެއްގެ ގޮތުން ކަން އަދި ސަރުކާރުގެ ބައިވެރިވުމެއް ނެތި ކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް