ads
އެފްއޭއެމުން ރޭ ބޭއްވި ކޮންގެރެސް. ފޮޓޯ: މިހާރު
ފަސްޓީމަކުން އެފްއޭއެމްގެ ކޮންގެރެސް ބޮއިކޮޓް ކޮށްފި
އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބަކުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޮއިކޮޓް ކޮށްފި އެވެ.
Advertisement

ރޭ ބޭއްވި ކޮންގެރެސް ބޮއިކޮޓް ކުރީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް، އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އިތުރުން ބުރު ސްޕޯޓްސްއެވެ.

ކޮންގްރެސް ބޮއިކޮޓް ކުރި ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބާއްވަން އުޅުނު އިންތިހާބުގައި އޭރުގެ ރައީސް ބައްސާމް އަދީލު ޖަލީލަށް ތާއީދު ކުރި ކްލަބްތަކެވެ.

ކޮންގެރެސްގައި ބައިވެރިވި ވެލްންސިޔާ އާއި މާޒިޔާގެ އިތުރުން ޓީސީއެވެ. މި ޓީމްތަކަކީ އަހްމަދު ތޯރިގް (ޓޮމް) އަށް އޭރު ތާއީދުކުރި ޓީމްތަކެވެ. 

ރޭގެ ކޮންގްރެސްގައި ކޯރަމް ހަމަނުވެގެން ކުރިޔަށް ނުގެންދެވި އޮތުމަށްފަހު ގާތްގަޑަކަށް 15 މިނެޓް ފަހުން ވަނީ ކޯރަމް ހަމަވިކަމަށް ކަނޑައަޅާ ކޮންގެރެސް ފަށާފައެވެ. ރޭގެ ކޮންގްރެސަށް އެޖެންޑާކޮށްފައި އޮތީ ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީގެ އިތުރުން އެތިކްސް ކޮމިޓީ ހޮވުމެވެ. އަދި މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުމަށްވެސް ރޭގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ. 

ރޭ ބޭއްވި ކޮންގެރެސްއަކީ މިދިޔަ އަހަރު ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ ހިންގުމާ ހަވާލުވި ފަހުން ބޭއްވި ފުރަތަމަ ކޮންގްރެސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް