ads
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ކަޅުތެލުން ހަމަލާދިން ނަމަވެސް އެމްޑީޕީ ހަރަކާތްތައް ކުރިއަށް ގެންދާނެ: ސޯލިހު
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަށް ކަޅުތެލުން ހަމަލާދިން ނަމަވެސް، އެމްޑީޕީ ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ސޯލިހު މިއަދު އެކްސްގައި މިކަން ކުށްވެރިކުރައްވައި ކުރެއްވި، ޕޯސްޓެއްގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ކުށްވެރިކޮށް، މިފަދަ ބިރުދެއްކުމުގެ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. 

އެމްޑީޕީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާއެއް ނިންމުމަށްފަހު ރޭ ގެޔަށް ދިޔަ މަގުމަތީ، މަންދީއަށް ކަޅުތެލުން ހަމަލާ ދީފައިވަނީ ހެލްމެޓު އަޅައިގެން ތިބި ބަޔަކު ދަންވަރު 1:07 ހާއިރު ކަލާފާނު ހިނގުމުންނެވެ. އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވާކަން އެނގުނީ ގެއަށް ދިޔަފަހުންކަމަށް އޭނާ ބުނެއެވެ. 

ސޯލިހު ޕޯސްޓްގައި ވިދާޅުވިގޮތުގައި، ކަޅުތެޔޮ ޖެހުމުގެ މި ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް "ފާޑުކިޔާ އެންމެންނަށް ބިރުދެއްކުމަށް" ކުރި ކަމެކެވެ. 

"މިކަހަލަ ބިރުދެއްކުމާއި ފިއްތުންތަކަށް އެމްޑީޕީއެއް ނުސިހޭނެ، އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށް ދާނެ،" ކަމަށް ސޯލިހު ވިދާޅުވިއެވެ.

މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ވަނީ ފަށާފައެވެ. ނަމަވެސް އެމްޑީޕީން ފާއިތުވި ދުވަސްތަކުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މަންދީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް