ލޯނު އަދި ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.ހައިދަރާއި ސުވާލު ކުރުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ހުށަހަޅުއްވައިފިއެވެ.

Advertisement
ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަމުން އަންނަ 50 ވަރަކަށް ދިވެހި ދަރިވަރުންނަށް ވިސާ އާއި މާލީ ގޮތުން ހުރި ދަތިތަކާއި ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވާތީ، އެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކުދިންގެ ކަންބޮޑުވުތައް ފާހަގަކޮށް މިނިސްޓަރަށް ސިޓީއެއް ފޮނުވީ މިދިޔަ މަހުގެ 22 ގައެވެ. އެެހެންނަމަވެސް މިހާތަނަށްވެސް އެ ކުދިންނަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަަމަށް އެކުދިން ބުނެއެވެ. ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން މިހާރު ބައެއް ދަރިވަރުން ކިޔެވުން ހުއްޓާލައި، އެނބުރި ރާއްޖެ ދާން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް އެ ކުދިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ވަނީ މިނިސްޓަރު ހައިދަރާ ސުވާލުކުރަން ހުށައަޅާފައެވެ. އެެހންނަމަވެސް އަޒާން އެދިފައިވަނީ މަޖިލިހަށް މިނިސްޓާރު ހާޒިރުކުރުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ހޯދުމަށެވެ.