ads
އިންޑިއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވުން
އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކާގުޅޭ މަޝްވަރާތަކެއް
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
Advertisement

މި މަޝްވަރާތައް ބޭއްވުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ 10 ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިންނެވެ.

ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބޭއްވެވި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން ތަރައްގީގެ ރޮނގުން އިތުރަށް ކުރެވިދާނެ ގިނަ ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު ބައްދަލުވުމެކެވެ.

ރައިސީނާ ޑައިލޮގްގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރު ޑރ. ހަލީލް އިންޑިއާއަށް ވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރުގެ ރައިސީނާ ޑައިލޮގް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ އެކި ގައުމުތަކުގެ ވަޒީރުންނާއި އިސްވެރިންނެވެ. ރައިސީނާ ޑައިލޮގް ނިމޭނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭއްވޭ މި ބައްދަލުވުންތަކުން ރާއްޖެއަށް ލިބޭ އެހީތައް އިތުރުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ބެލެވެއެވެ. އިންޑިއާއަކީ ރާއްޖޭގެ ގިނަ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް