ads
ބީދޭސީންގެ މައްސަލަ ހައްކުކުރުމަށް ހިންގާ ކުރަނގި އޮޕަރޭޝަންގެ ތެރެއިން
1 ލައްކަ ބިދޭސީންގެ ޑާޓާ، މާލެ ސަރަހައްދުން 65 ހާސް
ބިދޭސީންގެ މައްސަލަ ހައްކުކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ބިދޭސީންގެ ޑޭޓާ އެއްކުރުމަށް "ކުރަނގި" ގެ ނަމުގައި އޮޕަރޭޝަނެއް ހޯމް މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ މޭމަހުގެ 2 ވަނަދުވަހުއެވެ. 

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ކުރަނގި" އޮޕަރޭޝަނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ފާއިތުވީ 10 މަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ ނަގާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މީގެތެރެއިން 65،000 މީހުންނަކީ މާލޭ ސަރައްހަދުން އެއްކުރެވިފައިވާ މައުުލޫމާތުކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ މިދިޔަ ސަރުކާރުގައި އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40،000 ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށްވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

" އޮޕަރޭޝަން "ކުރަނގި" ނިންމާލެވޭއިރު ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ." ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ބިދޭސީ މަސައްކަތްތެރި ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލްތަކަށް އޮޕަރޭޝަން "ކުރަނގި" ނިމުމުން ބޭރު މީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ފިލާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިއަދާ ހަމައަށް މައުލޫމާތު ނުދީ ތިބި ބިދޭސީން އަންނަ މަހުގެ 30ގެ ނިޔަލަށް ފޮރިން ލޭބާ ޑިޕާޓްމަންޓާ އެ މައުލޫމާތު ހިއްސާކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ތާރީހަށް ފަހު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން  ބުނެއެވެ. 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކޮށް ނިންމަވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް