ads
މިނިސްޓަރު ހަލީލް
ފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމާލައިފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
Advertisement

މި ދަތުރުފުޅަކީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުނު ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައިސީނާ ޑައިލޮގް ކުރިއަށް ގޮސްފައިވަނީ މިމަހުގެ 17 އިން މިއަދާ ހަމައަށެވެ. މި ޑައިލޮގްގައި "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް" މި ނަމުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގެންނެވި އެވެ. މި ޕެނަލްގައި މިނިސްޓަރު ހަލީލް ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

މި ދަތުރުފުޅުގެ ތެރޭގައި މިނިސްޓަރު ހަލީލް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ފޮރިން މިނިސްޓްރީން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވިދާނެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.

ރައިސީނާ ޑައިލޮގްއަކީ އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ ފޮރިން މިނިސްޓްރީން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ލީޑަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، މީޑިއާގެ ބޭފުޅުން ބައިވެރިވެ، ދުނިޔެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް