ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް ހަަމަޖައްސައި ރާއްޖެއިން އެގައުމާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.
އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މިއަދުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ވަނީ ފަހިވެފަ އެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލެވެ. އަޒަރުބައިޖާންގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވް އެވެ.
މި ބަދަލާއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. ހާއްސަކޮށް އަޒަރުބައިޖާނަކީ އޭޝިއާ އާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަންޒިލަކަށް ވުމާއެކު، ދިވެހި ވިޔަފާރިވެރިންނަށާއި ފަތުރުވެރިންނަށް މިއީ ފަހި ފުރުސަތެކެވެ.
އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް ވެސް ރާއްޖެއަށް ކުރަމުން އަންނައިރު އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;