އެޗްއާރްސީއެމުން ބުނީ އެފަދަ މައްސަލަތައް http://www.hrcm.org.mv/Complaint/EmploymentViolation.aspx މެދުވެރިކޮށް އެ ކޮމިޝަނަށް ހުށަހެޅޭނެ ކަމަށެވެ.
"ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިރިއުޅޭ އެޕާޓްމަންޓު/ ގޭގެ ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކުރަމެވެ،" އެޗްއާރްސީއެމުން ކުރި ޓްވީޓެއްގައި ވެއެވެ.
މާލޭގެ ގެއެއްގައި ދިރިއުޅޭ ބަޔަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން އެ ގެއިން ނެރެ، މަގުމަތިކޮށްލި މައްސަލަ މިއަދު ވަނީ ފެންމަތިވެފަ އެވެ. ޖެންޑާ މިނިސްޓްރީން މިހާރު ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވިދާޅުވީ މިއީ އިންސާނިއްޔަތުކަން ދައްކަންވީ ވަގުތު ކަމަށާއި، ސަދަގާތެއްކޮށްފި ނަމަ ގިނައިން އަނބުރާ ލިބޭނެ ކަމަށެވެ.