ads
އަޖޭ ދޭވްގަބް އަދި އީޝާ ޑިއޯލް
އަޖޭ ދޭވްގަން އާއި ގުޅުވައިގެން ދެކެވުނު ވާހަކަތަކަށް އީޝާ ޑިއޯލް ރައްދުދީފި
ބޮލީވުޑްގެ މަޝްހޫރު ތަރި އީޝާ ދެއޯލް، އޭނާއާއި އަޖޭ ދޭވްގަން އާ ދެމެދު ގުޅުމެއް އޮތްކަމަށް ޒަމާނުއްސުރެ ދެކެވެމުން އައި ވާހަކަތަކަށް ރައްދުދީފިއެވެ.
Advertisement

"ދަ ކުއިންޓް" އަށް ދިން އިންޓަވިއުއެއްގައި އީޝާ ވަނީ މިފަދަ ވާހަކަތައް "ވިއާޑް" ކަމަށް ބުނެފައެވެ.

އީޝާ ޑިއޯލް ބުނިގޮތުގައި އޭނާއާއި އަޖޭ ދެވްގަން އާ ދެމެދު އޮތީ "އިހުތިރާމާއި ލޯތްބާއި އަދި އެކަކު އަނެކަކަށް ކުރާ އަގުވަޒަންކުރުމުގެ" ގުޅުމެކެވެ. މިފަދަ ދޮގުތައް ފެތުރުނީ އެދެމީހުން އެކުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ސަބަބުންކަމަށް އީޝާ ފާހަގަކޮށްފައިވެއެވެ. އެދެމީހުން އެކުގައި "ޔުވާ"، "އެލްއޯސީ: ކާގިލް"، "ކޭޝް"، "މެއިން އައިސާ ހީ ހޫން"، "އިންސާން" އަދި "ކާލް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެއެވެ.

އީޝާ ޑިއޯލް މިހާރު އަންނަނީ 14 އަހަރަށްފަހު "ތުމްކޯ މެރީ ކަސަމް" ފިލްމާއެކު ބޮލީވުޑަށް އެނބުރި އައުމަށް ތައްޔާރުވަމުންނެވެ. އަދި އެންމެ ފަހުން 2022 ވަނަ އަހަރު އަޖޭ ދެވްގަން އާއެކު "ރުދްރާ: ދަ އެޖް އޮފް ޑާކްނަސް" ވެބް ސީރީޒްގައި މަސައްކަތްކޮށްފައިވެއެވެ. މިއީ އިޑްރިސް އެލްބާ ފީޗާކޮށްފައިވާ ބްރިޓިޝް ތްރިލާ ސީރީޒް "ލޫތަ" ގެ ރީމޭކެކެވެ.

އީޝާގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ފިރިމީހާ ބަރަތް ތަހްތާނީއާ ވަކިވެފައިވާކަން އިއުލާންކޮށްފައިވެއެވެ. އެދެމީހުން 2012 ވަނަ އަހަރު ކައިވެނިކޮށް، ރާދިޔާ އަދި މިރާޔާ ނަމަކަށް ކިޔާ ދެ އަންހެން ދަރިން ލިބިފައިވެއެވެ. އީޝާ ބުނިގޮތުގައި ފިރިމީހާއާ ވަކިވިނަމަވެސް، ދަރިންގެ ދުޅަހެޔޮކަމަށް އިސްކަންދީ، މައިންބަފައިން ދަރިންނަށް އެއް ޔުނިޓެއްގެ ގޮތުގައި ފެންނަން ޖެހޭކަމަށް އޭނާ ގަބޫލުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް