
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގައި ބަލާނެ 8 ދާއިރާ ހާމަކޮށްފައެވެ. އެއީ އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުން، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުން، އިގުތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން، ސިއްހަތާއި ދުޅަހެޔޮކަން، ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން، ސަގާފަތާއި އާދަކާދަ ދިރުވުން، އަމާންކަމާއި ރައްކާތެރިކަން، އަދި މުޖުތަމައުގެ ބަދަހި ގުޅުމެވެ.
މިނިސްޓަރު ޝަރީފް މީގެ ކުރިން ވަނީ އުފާވެރިކަމުގެ މިންގަނޑު ރާއްޖޭގައި ކަނޑައެޅުމުގައި އަންހެނުންގެ މަޝްވަރާ ވަރަށް މުހިންމުކަމަށް ވިދާޅުވެފައެވެ. އޭނާ މިފަދައިން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 200 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި ބައްދަލުވުމެއްގައެވެ. އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ދިރާސާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް ދަ މޯލްޑިވްސް (އައިޔޫއެމް)އާ ކަމަށް އޮފީހުން ބުނީއެވެ.