
ބޭނުންވާ ތަކެތި:
1 ޖޯޑް ކިރު (ފުލްކުރީމް)
2 މޭޒުމަތީ ސަމުސާ ހަކުރު
ކްރީމް ހެދުމަށް:
3/1 ޖޯޑް ކިރު (ފުލްކުރީމް)
4/1 ޖޯޑް ހަކުރު
1 ޖޯޑް މިލްކް ޕައުޑަރ
½ ސަމުސާ ވެނީލާ އެސެންސް
8 ފޮތި ޕާން
ޕުޑިން މައްޗަށް ގާނިޝް ކޮށްލަން:
1 ސަމުސާ އަލްމަންޑް (ކުދިކޮށް ކޮށާފަ)
1 ސަމުސާ ކެޝޫނަޓް (ކުދިކޮށް ކޮށާފަ)
1 ސަމުސާ ޕިސްޓާޗިއާ (ކުދިކޮށް ކޮށާފާ)
ތައްޔާރުކުރާނެގޮތް:
ފުރަތަމަ 1 ޖޯޑް ކިރު 2 ސަމުސާ ހަކުރު އަޅައިގެން ރަނގަޅަށް ގިރާލާފަ ވަކިން ބަހައްޓާށެވެ.
އެއަށް ފަހު ކުރީމް ގަނޑު ހަދާލަން ފުލްކުރީމް މިލްކް ކޮޅާ، ހަކުރު، މިލްކް ޕައުޑާރ އަދި ވެނީލާ އެސްންސް ކޮޅު ވަރަށް ރަނގަޅަށް ގިރާލާށެވެ.
ދެން ޕާން ފޮތިތަކުގެ ކައިރި ނަގާލާފަ ކުރިން ގިރާލި ކިރު ކޮޅު ތެރެއަށް ފަހަރަކު ޕާން ފޮއްޗެއް ލާ ރަނގަޅަށް ފޯ ކޮށްލާފަ ތައްޓެއްގައި އަތުރާލާށެވެ. މިގޮތަށް 4 ޕާން ފޮތި ކިރަށްލާ ފޯކޮށްލާފަ ޓްރޭގަ އަތުރާލާށެވެ.
ދެން އަތުރާލި ޕާން ފޮތި ތަކުގެ މައްޗަށް ދެންމެ ހެދި ކްރީމްކޮޅުން ލެޔާއެއް މަތީގަ ފަތުރާލާށެވެ. އެއަށްފަހު ގާނިޝް ކޮށްލަން ކުދިކޮށް ކޮށާލާފަ ހުރި ނަޓްސް ކޮޅު މައްޗަށް ބުރުވާލާށެވެ.
އަނެއްކާވެސް ދެންމެ ބުނި ގޮތަށް ބާކީ ދެން ހުރި ޕާން ފޮތިތަށް ކިރަށް ލާ ފޯ ކޮށްލާފަ ޓްރޭ ގަ އަތުރާލާށެވެ. އަދި އޭގެ މައްޗަށް ކުރީމް ލޭޔާ އަޅާލާފަ އޭގެ މައްޗަށް ގާނިޝް ކޮށްލާ ނަޓްސް ކޮޅު އަނެއްކާވެސް މައްޗަށް ބުރުވާލާށެވެ.
މިހާރު މިހުރީ މިލްކް ބުރެޑް ކުރީމީ ޕުޑިން ހަދާ ނިމިފަ އެވެ. ފިނިކޮށްލަން ގާތްގަނޑަކަށް 2 ގަޑިއެއްހާއިރު މަދުވެގެން ފްރިޖުގައި ބަހައްޓަންވާނެ އެވެ.