މިއަދު މެންދުރު މި ހާދިސާ ހިންގާފައިވަނީ ދ. ކުޑަހުވަދޫގަ އެވެ.
ފުލުހުން ބުނީ ކުޑަހުވަދޫޫގައި ޕިކަޕެެއް މޫދަށް ވެއްޓިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުގައި މޫދަށް ޕިކަޕް ވެއްޓުނީ ކުޑަހުވަދޫ ބަނދަރުމަތީ މުދާ ބަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ޕިކަޕް ވެއްޓުނީ ބަރުކޮށްފައިވާ މުދާތަކާއި އެކުގައިކަމަށްވެސް ވަނީ އެނގިފައެވެ.
މި ޕިޕަކް މޫދުން ނެގުމުގެ މަސައްކަތް ރަށު މީހުން އަންނަނީ ކުރަމުންނެވެ.