
ހެރިޓޭޖް މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންނާ ހަވާލުކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މި މަސައްކަތުގެ ދަށުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކުރައްވާފަ އެވެ.
ރާއްޖޭގެ ތާރީހުގައި ހިމެނިފައިވާ ގައުމިއްޔަތާއި ގުޅުންހުރި ބިނާތަކާއި އާސާރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމުގެ ގައުމީ މަޝްރޫއުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.