ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެންނަން ވަގުތީ ކޯޓު އަޅަމުންދަނީ ހުޅުމާލޭގައެވެ.
ރައީސް މިއަދު ވަނީ އެތަނަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވައިފަ އެވެ.
ރައީސްގެ އެ ޒިޔާރަތުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ އިމާރާތް އެޅުމަށްޓަކައި 33 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް މިހާރު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ ކޯޓަށް ދާއިމީ އިމާރާތެއް އެޅެންދެން އެ ކޯޓާއި ޑްރަގް ކޯޓް ހިންގަން ހުޅުމާލޭގައި ވަގުތީ ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.