ads
ގައިދީންގެ ރީހެބް ޕްރޮގްރާމްގެ ތެރެއިން : ފޮޓޯ ކަރެކްޝަންސް
ޑިމާންޑަށް ބަލާއިރު، މަރުކަޒުތަކުގައި އެކަށީގެންވާ ޖާގައެއް ނެތް: އެންޑީއޭ
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ހުރި މަރުކަޒުތަކުގައި ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، އެކަށީގެންވާ ޖާގަ ނެތްކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އަނެއްކާވެސް ހާމަކޮށްފިއެވެ.
Advertisement

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ، މިހާރު ހުރި މަރުކަޒުތަކުގައި ހުރި ޖާގައަކީ 200 މީހުންނަށް ފަރުވާދެވޭނެ ކެޕޭސިޓީ ކަމަށެވެ. ނަމަވެސް ފަރުވާއަށް ބޭނުންވާ އެތައް ބަޔަކު މުޖުތަމަޢުގައި ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ރާޝިދު ވިދާޅުވި ގޮތުގައި، އިތުރުކުރާ 500 ޖާގައިގެ ތެރެއިން 450 ޖާގަ ޚާއްސަކުރަނީ ފަރުވާއަށް ބޭނުންވާ ކުދިންނަށެވެ. ބާކީ 50 ޖާގަ ހާއްސަކުރަނީ ޑުއަލް ޑައިގްނޯސިސް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ. މި މަސައްކަތް ކުރިއަށްދަނީ ދާޚިލީ ވުޒާރާގެ ބަޖެޓުގެ ތެރެއިންނެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ 1997 ވަނަ އަހަރު ހުޅުވި ސެންޓަރެކެވެ. އެ ސެންޓަރަށް 28 އަހަރު ފާއިތުވެގެން ދިޔައިރުވެސް ތަނުގެ މަރާމާތަށާއި، ޖާގަ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެންޑީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެ ތަންތަން މަރާމާތުކޮށް ފަރުވާ ދެވޭނެ ޖާގަ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް