
ތ. ވޭމަންޑޫ ސްކޫލް ދަރިވަރުންތަކެއް
ކޮންމެ ރޯދަ މަހަކު އެއްކޮށް ސްކޫލްތައް ބަންދު ކުރަން ނިންމަނީ
މުހައްމަދު އާދަމް އަހްމަދު
27 މާރޗް 2025 - 13:21:18
ކޮންމެ ރޯދަ މަހަކު އެއްކޮށް ސްކޫލްތައް ބަންދުކުރެވޭ ގޮތަށް ރާވާ ދިނުމަށް އެދިވަޑާއިގެންފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަހަރު ރޯދަ މަހަށް ސްކޫލް ބަންދުވީ ސްކޫލް ބަންދު ޑިސެމްބަރަށް ބަދަލުކުރަން ގެނައި ބަދަލުތަކުގެ ތެރެއިންކަމަށެވެ. އެހެން ނަމަވެސް މި ބަދަލާ އެކު ވަރަށް ގިނަ ބެލެނިވެރިން އުފާވިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
" ބެލެނިވެރިން ވަރަށް ބޮޑަށް އެޕްރިޝިއޭޓް ނޫނީ ބަލައިގަނޭ އިނގޭތޯ ސްކޫލް ބަންދު ކުރީމާ. އެއީ އިއްޔެ ވެސް އަޅުގަނޑާއި ދިމާވި ބައެއް ބެލެނިވެރިން ވަރަށް އުފާވެފައި ތިއްބެވީ." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ރޯދަ މަހު އެއްކޮށް ސްކޫލްތައް ބަންދުކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތްކަމަށެވެ. އެގޮތުން އެކަން އެގޮތަށް ރަވާ ދިނުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓަރު ކައިރީ ދަންނަވާފައި ބައްލަވާލެ ދެއްވާށޭ، ދެން އޮތް ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަސް އެގޮތަށް މުޅި ރޯދަ މަސް އެއްކޮށް ބަންދުކުރެވޭނެ ގޮތްހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔާވާދޭ ދުވަސްތައް ގަޑިތައް ނުގެއްލޭބެގޮތަކަށް މުޅި އަހަރު ތެެރޭ ހަމަޖައްސައިގެން." ރައީސް ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ ...
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް