ads
ނައިފަރު ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ގުރުއާން ހިތުދަސް ބައެއް ދަރިވަރުން
ގިނަ އަދަދެއްގެ ހާފިޒުން އުފެއްދި ނައިފަރު ގްރުއާން ކިލާހަށް ވަގުފު ފަންޑުން އެހީ
ގިނަ އަދަދެއްގެ ހާފިޒުން އުފައްދަމުން އަންނަ ނައިފަރު ގުރުއާން ކިލާހަށް ވަގްފު ފަންޑުން އެހީދޭން ނިންމައިފިއެވެ.
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި، ގުރުއާން ހިތުދަސް ހާފިޒުން ދަސްވެނިވުމުގެ ހަފްލާގެ އެއް ރަށަކުން އެންމެ ގިނަ ކުދިން  ހާފިޒު ކަމުގެ ސަނަދު ހޯދީ ނައިފަރުންނެވެ. އެރަށުގެ ހަ ކުއްޖަކު އެރޭ ވަނީ ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައެވެ. އެއީ މުޅިންވެސް 18 އަހަރުން ދަށުގެ ކުދިންނެވެ. 

މިދިޔަ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ނައިފަރުން ވަނީ 24 ކުދިން ގުރުއާން ހިތުދަސްކޮށް ހާފިޒުންނަށްވެފައެވެ. މި ހުރިހާ ކުދިންނަކީވެސް ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރުން ގުރުއާން ހިތުދަސްކުރި ކުދިންނެވެ. 

your imageހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ހަފުލާގައި ހިފްޒު ކުރި ދަރިވަރުންތަކެއް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ އިސްލާމީ ވަގުފު ފަންޑުން އެހީ ފޯރުކޮށްދިނިމަށް  ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު މިހާރު ވެސް 38 ދަރިވަރަކު ކިޔަވަމުން ގެންދެއެވެ. އެހެންނަމަވެސް އެ އިމާރާތް  ވަރަށް ބޮޑަށް ބާވެ އާ އިމާރާތެއް އެޅުމުގެ އެހީތެރިކަން ބޭނުންވާކަން އެ ސެންޓަރުގެ މުދައްރިސުން ވަނީ ބުނެފައެވެ. 

ރާއްޖޭގައި މިވަގުތު އެންމެ ގިނަ ހާފިޒުން ތިބި ރަށަކީ ފުވައްމުލަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް