
ހައްޔަރުކުރީ މީހަކީ އުމުރުން 41 އަހަރުގެ އިންޑިއާގެ އެލައިޔާޖާ އަރޮކިޔަސާމީ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އަރޮކިޔަސާމީ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މާފަންނުގައި ހުރި ގެއެއް ފާސްކުރުމުން އޭނާގެ އަތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 21 ފުޅި ފެނިފައިވެއެވެ.
ފުލުހުން ބުނީ އަރޮކިޔަސާމީގެ މައްޗަށް ތުހުމަތުކުރެވެނީ ބަނގުރާ ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރާ ކަމަށެވެ. ރާއްޖޭގައި ބަނގުރާ ބޭނުންކުރުމާއި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ ކަންކަމުގައި ބިދޭސީން ހައްޔަރުކުރެވިއްޖެނަމަ ޑީޕޯޓުކުރުމަކީ އާންމުކޮށް މިހާރު އަމަލުކުރާ އުސޫލެެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އިތުރު ތަފުސީލު ހާމަކުރާނީ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.