
މިމަހުގެ 24 ވަނަދުވަހުގެ ރޭ 10:30 ކަންހާއިރު އއ. ރަސްދޫގައި ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އެ އާއިލާއިން އޭރު ބުނީ އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ވަނީ ފިހިފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވީ މިރޭއެވެ.
މި ދެމަފިރިންނަށް ފަރުވާ ދިނުމަށް، ރާއްޖޭން ބޭރުން ދެ ޑޮކްޓަރުންގެ ޓީމެއް އައެވެ. އެ ދެ ޑޮކްޓަރުންނަކީ ފިހިފައި ތިބޭމީހުނަށް ހާއްސަކޮށް ފަރުވާ ދޭ 'ބާން ސްޕެޝަލިސްޓުން' ނެވެ.
ރަސްދޫގައި ހިނގި މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރު އެހެން އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ.