
އެ ކުއްޖާގެ ބައްޕަ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ކުރު ޕޯސްޓެއްގައި ބުނީ އޭނާގެ 9 މަހުގެ ތުއްތު ދަރިފުޅަށް ސިއްހީ މަރުކަޒުން ނުބައި ވެކްސިންނެއް ދީފައިވާކަމަށެވެ. އެގޮތުން 9 މަހުގެ ތުއްތު ކުއްޖާގެ ގަޔަށް ސިއްހީ މަރުކަޒުން ދީފައިވަނީ 18 މަހުގެ ކުއްޖެއްގެ ގަޔަށް ޖަހަންޖެހޭ ވެކްސިންކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ.
މީގެކުރިން އެހެން ވެކްސިނެއް ދިން އިރުވެސް އޮޅުވާލާފައިވާކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ. އަދި ސިއްހީ މަރުކަޒުގެ މި އިހްމާލުގެ ވާހަކަ ދެއްކީ އެހެން ކުއްޖަކަށް މި ކަހަލަ ހާދިސާއެއް ދިމާވާން ބޭނުން ނުވާތީކަމަށް އެމީހާ ވަނީ ބުނެފައެވެ.
އެ ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަކީ ލެރިންގޯ މެލޭސިޔާ ހުންނަ ކުއްޖެއްކަމަށެވެ.
މިކަމާއި ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުން ބުނީ ކުޑަކުއްޖަކަށް ވެކްސިން ދިނުމުގައި "އޮޅުމެއް" އެރިކަމަށާއި މިކަމާއި ގުޅިގެން ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި އިދާރީ ގޮތުން މިފަދަ ކަމެއް ތަކުރާރު ނުވުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
ހޯރަފުށީ ސިއްހީ މަރުކަޒުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދައްކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ސަރުކާރުން އަންނަނީ ހޯރަފުށީގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އެރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުން ނެވެ.