
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ވަރިކުރިފުޅު ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި
އަހުމަދު ހަސަން
01 އޭޕްރީލް 2025 - 15:11:14
ކުރީގެ އަނބިމީހާ އަށް ބިރުދައްކައި ބްލެކްމެއިލް ކުރި މައްސަލައެއްގައި ދުވަސްވީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ޒުބައިރު ކިޔާ މީހެކެވެ. އޭނާގެ އުމުރަކީ 57 އަހަރެވެ.
އޭނާގެ މައްޗަށް، ހުއްދަނެތި ގޯތި ގެދޮރަށްވަނުމާއި، ބިރު ދެއްކުމާއި ބްލެކްމެއިލް ކުރުމުގެ އިތުރުން އޮރިޔާން ކާޑު ގެންގުޅު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް