ads
ހޮލެންޑް ލީގުގެ ކުރީގައި އޮތް އަޔެކްސް ކުޅުންތެރިން
ހޮލެންޑްގެ ފުޓްބޯޅަ ސީޒަން ކެންސަލްކުރަނީ
ކޮރޯނާ ވައިރަހާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮލެންޑުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހިފައިވާ ކަމަށް ހޮލެންޑުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ. ހޮލެންޑް ފެޑެރޭޝަނުން މިހެން ބުނީ، އަންގާރަ ދުވަހު ޔޫއެފާއާއި އެކު އޮތް ބައްދަލުވުމަށް ފަހު، ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށް ޔޫއެފާއިން ބުނެފައިވަނިކޮށެވެ.

ހޮލެންޑުގެ ފުޓްބޯޅަ ލީގު ކެންސަލް ކުރަން ޖެހިދާނެ ކަމަށް އެ ގައުމުގެ ފެޑެރޭޝަނުން ބުނީ، އެ ގައުމުގެ ސަރުކާރުން އެ ގައުމުގައި ބޮޑު އެއްވެސް އިވެންޓެއް ބޭއްވުން މަނާކޮށްފައި އޮތް އޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކުރަން ނިންމިކަން އިއުލާންކުރުމާއި އެކުގައެވެ. 

ހޮލެންޑް ފެޑެރޭޝަނުން ބުނީ، ލީގުގެ ބާކީބައި ކެންސަލް ކުރަން ޖެހިފައިވިޔަސް އެކަމުގައި ރަސްމީކޮށް ގޮތެއް ނިންމާނީ ކްލަބުތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު އަދި ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާގެ ލަފާއާއިވެސް އެކުގައި ކަމަށެވެ. ހޮލެންޑް ފެޑެރޭޝަނުން އަންނަ ހުކުރު ދުވަހު ކްލަބުތަކާއި މިކަމުގައި މަޝްވަރާ ކުރާނެއެވެ.

ހަލުއި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާއާއި ގުޅިގެން މުޅި ދުނިޔޭގެ ފުޓްބޯޅަވަނީ ހުއްޓުމަކަށް އައިސްފައެވެ. ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސްކޮށްފައިވާއިރު، ޔޫރޯވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. 

ޔޫރަޕުގެ އެއްވެސް ގައުމަކުން އަދި މިހާތަނަށް ލީގު ކެންސަލް ކުރަން ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. އެހެންކަމުން ހޮލެންޑް ލީގު ކެންސަލްކޮށްފިނަމަ އެ ވެގެންދާނީ ކޮރޯނާއާއި ގުޅިގެން ޔޫރަޕުން އެންމެ ފުރަތަމަ ކެންސަލް ކުރި ލީގަށެވެ. ލީގުގެ އެއްވަނައިގަ ގޯލް ތަފާތުން މި ވަގުތު އޮތީ އަޔެކްސްއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް