ފުލުހުން ބުނި ގޮތުގައި ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ވޭނެއްގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެ އުޅަނދު ރޭ 21:46 އެހައިކަންހާއިރު ހުޅުމާލޭ ރީތިގަސް މަގުން ހުއްޓުވައި ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މލ ގިނަ އަދަދެއްގެ ފުޅި ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެ އުޅަނދު ޓޯވކޮށް މީހަކު ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ވޭން ދުއްވި ނޭޕާލްގެ ރައްޔިތެއް ކަމުގައިވާ ތިރްތަ ބަހާދުރު ބީ.ކޭ (37 އަހަރު، ފިރިހެން) އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި ވެހިކަލް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މލ 75 ފުޅި ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.