
ގްރޫޕުން އެއާޕޯޓަށް ދޫކޮށްލާފައި އައި ދެމީހުންނަކީ އުުރުން ދުވަސްވީ ދެމަފިރިއެކެވެ. މި ދެމަފިރުން އުމްރާއަށް ދިޔައީ އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.
މިކަމާއި ގުޅިގެން އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ގްރޫޕުން އުމްރާވެރިން ގޮވައިގެން ފުރަން އެއާޕޯޓަށް ގޮސް ޗެކިންވެ ބޯޑިންވާން ލިބުނީ ކުޑަވަގުތުކޮޅެއްކަަމަށެވެ. އަދި ދުވަސްވީ އެ ދެމަފިރިންނަށް ބޯޑިންނަށް ދެވުނު އިރު ފްލައިޓް ފުރަން ރެޑީވެފައި އޮތުމުން ފްލައިޓް ފުރީ އެމީހުން ނުލާކަމަށެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ގްރޫޕުން ގެންދިޔަ ދެމީހުން މަދުން ފްލައިޓް ފުރިއިރު އެކޮޅުގައި ތިބި އެގްރޫޕުގެ އޮފިޝަލުންނަށް އެކަން ނުވެސް އެނގުނުކަމަށެވެ.
އާއިލާގެ އެކި މަސައްކަތުން އެއާޕޯޓަށް ގޮސް ނުފުރު ދެ އުމްރާވެރިންނާއި ސައުދީގައި ހުންނަ ދިވެހި އެމްބަސީން ހަވާލުވިކަމަށާއި ހެނދުނު ދިޔަ އެ ދެމަފިރިން އަލުން ހޮޓަލަށް ގެންދެވުނީ ރޭ ވަރަށް ލަސްވިފަހުންކަމަށްވެސް އެމީހާ ބުންޏެވެ.
މި ދެމަފިރުން މާލެ ގެނައުމަށް ގްރޫޕުން މިހާރު ޓިކެޓް ހަމަޖައްސާފައިވަނީ މާދަމާއަށެވެ. އެހެންނަމަވެސް ދެމީހުންނަށް ޓިކެޓް ލިބިފައިވަނީ ދެ ފްލައިޓުންކަމަށް އާއިލާއިން ބުނެއެވެ. ފުރަން ގޮސް އެއާޕޯޓަށް ދޫކޮށްލި ދެމަފިރިން މިވަގުތު މައްކާ ހޮޓަލްގައި ތިބީ އެމީހުންގެ އަމިއްލަ ހަރަދުގައިކަންވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން އެ ދެމަފިރިން އުމްރާއަށް ގެންދިޔަ ގްރޫޕުންވެސް އަދި އިސްލާމިކް މިނިސްޓްރީންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.