ads
އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު
ގޯތި ވައްކަމުގެ މައްސަލައިގައި ފަޒީލްއާއެކު 11 މީހަކަށް ދައުވާކޮށްފި
ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުންތަކެއް އުފައްދައި، ހުށައެޅި މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
Advertisement

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ފަޒީލްގެ މައްޗަށް ކުރަނީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. 

މީގެތެރޭގައި 3 ބާވަތެއްގެ ދަޢުވާ ކުރުމަށް ހިމަނާފައި ވެއެވެ.

ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ:

1. ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީޤް އަބްދުالله
2. 2. ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިން

މި މީހުންގެ މައްޗަށް ދައުވާ ކޮށްފަވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތް ކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނެ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ އެވެ.

ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ:

މ. ފަޅުމަތީގެ، އަރުޝަދު ޢަލީ

އޭނާގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުން ދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަހުމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިން ކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދާފައިވާތީ އެވެ.

އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ:


1. ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
2. މ. ޒޭވަރު، މުހައްމަދު ފަޟީލު ރަޝީދު
3. ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
4. ދަފްތަރު. ނަންބަރު ރސ 9044، އާއިޝަތު މައުރޫފާ
5. ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް
6. ހއ. ދިއްދޫ، ޖަމީލާ، އަބްދުލްމަޖީދު މާހިރު
7. މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު
8. މ. ފަޅުމަތީގެ، އަޝްހަދު އަލީ
9. މ. ފަޅުމަތީގެ، އަހުމަދު އަލީ

އެ މައްސަލާގައި ފަޒީލްގެ ކޮއްކޮ އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ތުހުމަތުތަކެއް ކުރެވުމުން އެ މައްސަލަ ވެސް ފުލުހުން ބެލި އެވެ. އޭނާގެ މައްޗަށް ކުރީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެކަމަކު، ޕީޖީން ވަނީ ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;