ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނޭޕާލު މީހެއްކަމަށްވާ ޓަކް ބަހާދުރު ރިލަމީ، (34އ) އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.
މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުންކަމަށް ފުލުހުން ބުނެެއެވެ. ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.