ads
އޮޅު ހިޔާއަށް އަށް ގެންގޮސްފައިވާ ބުޅާތަކެއް އެތަނުގައި
މަގުތަކުން އަދި ނެގުނީ 30 ބުޅާ، ކުދި ބުޅާތައް ފިލަނީ
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނަގާ ބުޅަލަށް ހާއްސަ ކުރި އޮޅު ހިޔާއަށް މިހާތަނަށް ގެންދެވުނީ 30 ބުޅާކަމަށް ޖަނަވާރާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.
Advertisement

މަގުތަކުގައި އުޅޭ ބުޅާތައް ނަގާ ބުޅަލަށް ހާއްސަ ކުރި އޮޅު ހިޔާއަށް ބުޅާ ގެންދަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ގައެވެ. 

މާލޭ ސިޓީ ކައުންސިލުން ހެދި އޮޅުހިޔާ އެ ކައުންސިލުން ނަގާ އެތަނާއި ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި އެތަނަށް ބޭނުން ވަސީލަތްތައް ގާއިމުކޮށް ނިންމާފައިވާކަމަށް މީގެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މާލޭ އުޅޭ ބުޅާތައް ނަގަން ފެށިކަންވެސް މިނިސްޓްރީން ހާމަކުރިއެވެ. 

އެ މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ނަގާ ބުޅަލަށް ހާއްސަ ކުރި އޮޅު ހިޔާއަށް މިހާތަނަށް ގެންދެވުނީ 30 ބުޅާކަމަށެވެ. އަދި އެތަނުގައި ކުރިން ޖަހާފައި ހުރި ދާތަކުގެ ދޭތެރެއިން ކުދި ބުޅާ ނުކުންނާތީ ކުރިން ހުރި ދާތަކުގެ މަތިން އަލުން ދާ ޖަހާފައިވާކަމަށެވެ. 

your imageއޮޅު ހިޔާއަށް އަށް ގެންގޮސްފައިވާ ބުޅާތަކެއް އެތަނުގައި 

މާލޭ ސިޓީން ކައުންސިލުން ހެދި އޮޅުހިޔާ ރައީސް މުއިއްޒު ހުޅުވާދެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް އެތަން މާލޭ ސިޓީ ކައުންސިލުން ނަގާ މިނިސްޓްރީެއާ ހަވާލުކުރި އެވެ. ސަބަބެއްކަަމަށް ސަރުކާރުން ބުނީ އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަނުވުންކަމަށެވެ. 

މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅު ހިޔާ ސަރުކާރަށް ނެގުމުން އެތަން ހަވާލުކުރާނީ އެކަމަށް ހިންގި ހަރަދު ދޭން އެއްބަސްވުމުންކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް