ads
ޑޮލަރު
ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ
ޑޮލަރު މާރުކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.
Advertisement

ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ވެސް ހަނދާންކޮށް ދީފައިވެ އެވެެ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރެ އެވެ.

މީގެ އިތުރުން ވައިބަ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށާއި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ނެޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ސްކޭމްއާ ގުޅުން ހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ އެވެ.

މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް