
އެގޮތުން މި ހިނގާ އެޕްރިލް މަހު އޭއައި ޗެޓްބޮޓް މެދުވެރިކޮށް ސަންތި މަރިޔަނބުއާ ވާހަކަ ދެއްކޭނެ އެވެ. އުރީދޫގެ މި އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވަނީ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރެވެ.
އުރީދޫއިން ބުނީ މިއީ ހަމައެކަނި މޭޒުމަތީގައި ބަހައްޓާ ކަލަންޑަރެއް ނޫން ކަމަށާއި، މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މި ކެރެކްޓަރުތަކާ ސީދާ ވާހަކަ ދެއްކޭނެ އެވެ. ކޮންމެ ކެރެކްޓަރަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
އުރީދޫއިން އިތުރަށް ބުނީ ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓަރެއް އަންލޮކްވާނެ ކަމަށެވެ. އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫ މޯލްޑިވްސްއާ ގުޅި، ދިވެހިންގެ ކުރީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ ދައުވަތު އަރުވާފަ އެވެ. މި ކަލަންޑަރުގައި ހިމެނޭ ކެރެކްޓަރުތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބައެއް ކަމަށް އުރީދޫއިން ފާހަގަކޮށްފައިވެ އެވެ.