ads
އައްޑޫ ލިންކު ރޯޑު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އައްޑޫ ލިންކު ރޯޑް ހަދަން އާރުޑީސީއަށް، އަގު 829 މިލިއަން
އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީއާ) ހަވާލުކޮށްފިއެވެ.
Advertisement

މިކަމުގެ އެއްބަސްވުމުގައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ  މިނިސްޓަރ ޑރ. އަބްދު ﷲ މުއްތަލިބްއެވެ.  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު  ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ. 

އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ  1،440 ދުވަހުން ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 829،792،313.63 ރުފިޔާއެވެ. 

ލިންކު ރޯޑު ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް