މިއީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ތަކެތިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
ކަސްޓަމްސްއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މަހުގެ ދެވަނަ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި 10,418 ބިޔަރު ދަޅުގެ އިތުރުން 2,040 ބިޔަރު ފުޅިއާއި 510 ބިޔަރު ލޭބަލް ހިމެނޭ ތަށި ހިމެނެއެވެ. މިއީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ކަމަށްވާތީ، ގަވާއިދުތަކާ އެއްގޮތަށް ނައްތާލާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖެއަށް ބަނގުރަލުގެ ބާވަތްތައް އެތެރެކުރުމަކީ މަނާކަމެއް ކަމަށްވާއިރު، ކަސްޓަމްސްއިން ގަވާއިދުން މިފަދަ ތަކެތި ހިފަހައްޓައި ނައްތާލަމުން ގެންދެއެވެ. ކަސްޓަމްސްއިން ނައްތާލި މި ތަކެތީގެ އަގު ހާމަކޮށްފައި ނުވިނަމަވެސް، ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ފުޅި ނައްތާލާފައިވާކަން ފާހަގަކުރެވެއެވެ