ads
އެމްޓީސީސީގެ ބޯޑަށް އައްޔަންކުރި ޔާސީން ހުސައިން
އެމްޓީސީސީގެ ބޯޑަށް ޔާސީން އައްޔަންކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް ޔާސީން ހުސައިން އައްޔަންކޮށްފިއެވެ.
Advertisement

ސަރުކާރު ކުފުނިތައް މޮނީޓަރކޮށް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ  އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ޔާސީން ހުސައިން އައްޔަންކުރީ އިއްޔެކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓްގެ މަގާމުގައި ހުންނެވި ޔާސީން ވަނީ އެ މިނިސްޓްރީގެ ފައިނޭންޝިއަލް އެކައުންޓިން އެންޑް ކޮންޓްރޯލިންގް ކޮންސަލްޓަންޓްގެ މަގާމުވެސް ފުރުއްވާފައެވެ.

ޔާސީން ވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޔާސީންގެ އިތުރުން އެމްޓީސީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންވަނީ ބޯޑު ޗެއާ މުހައްމަދު އަފީފް ހުސެއިނާއި ކުންފުނީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއާއި ޑެޕިއުޓީ އެމްޑީ މުހައްމަދު ޖަމްޝީދާއި އަލީ ނާއިލްގެ އިތުރުން އާއްމުނެ ގެތެރެއިން އައްޔަންކޮށްފައިވާ ދެ މެ މެމްބަރުކަމަށްވާ ނަޝްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާން އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް