ads
އިމިގްރޭޝަނުން ހިންގި ރެއިޑެއްގައި ބިދޭސީން ހައްޔަރު ކުރަނީ
ބިދޭސީންގެ ފީގެ ގޮތުގައި ނުލިބި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ހޯދައިފި
ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ. އޭރު ގަވައިދުން ފީތައް ދައްކަމުން ދިޔައީ 22.72 ޕަސަންޓު މީހުން ކަމަށް މަޖީދު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ގަވާއިދުން ފީ ނުދައްކާ 1،000 އަށްވުރެ ގިނަ މީހުންގެ ނަން އާންމުކުރުމާއި، ބޮޑެތި އަދަދުތަކުން ބިދޭސީންގެ ފީ ނުދައްކާ މީހުންނަށް އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަހަރު ދުވަހުގެ މުއްދަތެއް ދިނުން ހިމެނެއެވެ. މި ފިޔަވަޅުތަކާއެކު ބިދޭސީންގެ ފީތަކަށްވާ ފައިސާ ދައްކަންޖެހޭ މީހުންގެ ތެރެއިން، ޖުމްލަ 55.4 ޕަސަންޓު މީހުން މިހާރު އަންނަނީ ގަވާއިދުން ފީ ދައްކަމުންނެވެ. މިއީ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބޭ މިންވަރު 32 ޕަސަންޓަށް އިތުރުވުމެކެވެ.

މީގެ އިތުރުން، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހޯމް މިނިސްޓްރީން ހަރަކާތެއް ފަށައިފައިވެއެވެ. މި ހަރަކާތުގެ ތެރެއިން، 10 މަސް ދުވަސްތެރޭ، 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާކަން މަޖީދު ފާހަގަކުރެއްވިއެވެ. އެއީ ވޯކް ޕާމިޓް އޮތް ބިދޭސީންގެ ދެބައިކުޅަ އެއްބައިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް