ads
ފާނަބަސަންދު
ރާއްޖޭގައި ފާނަ ބަސަންދު ކޭސްތައް ކުއްލިއަކަށް އިތުރުވެއްޖެ
ރާއްޖޭގައި ފާނަ ބަސަންދު ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން ބުނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅާ ބަލާއިރު މާރިޗު މަހު ރިޕޯޓުކުރެވުނު ފާނަ ބަސަންދު ކޭސްތައް ވަނީ ގިނަވެފައިވާކަމަށެވެ. ފެބުރުވަރީ މަހު 190 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާރިޗު މަހުގައި ވަނީ 316 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ށ. އަދި ރ. އަތޮޅުނެނެވެ. ސިއްހީ މާހިރުންގެ ލަފާގައި، ފާނަ ބަސަންދަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ބައްޔެކެވެ. މި ބަލި ޖައްސަނީ ހާރޕީޒް ވައިރަހުގެ އަށް ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ވައިރަހުންނެވެ.

ފާނަ ބަސަންދުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން އިހުސާސްކުރެވުމާއި، ހުން އައުމާއި، ކާހިތްނުވުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ކަރަށް ތަދުވުމާއި، ބަނޑުގައި ރިއްސުމާއި، އަދި ހަމުގައި ފެންއަރާފައި ހުން ބިހިތަކެއް ނެގުން ހިމެނެއެވެ. ފާނަ ބަސަންދު ޖެހުނު ކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް