
މޯލްޑިވްސް ގޭސްގެ އެމްޑީކަން، މައުމޫން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އަބްދުﷲ މައުމޫނުގެ މައްޗަށް ކުރާ ދައުވާތައް ކޯޓަށް ހުށަހަޅާފައިިވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެވެ. އެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.
އަބްދުﷲ މައުމޫނަށް މި ދައުވާތައް އުފުލި އިރު އޭނާ އުޅުނީ ރާއްޖޭން ބޭރުގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލަމުން ދަނިކޮށް ރާއްޖެ އިން ފުރާވަޑައިގަތް މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާ އެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކުގައި އޮތް އޭނާގެ މައްސަލަ ތަހުގީގު ކުރަންވަނީ ފަށައިފައެވެ.