
ސުހައިލް މަގާމުން އިސްތިއުފާ ދީފައިވަނީ އެފްއެސްއެމްގެ މުވައްޒަފުން އެ ކުންފުނީގެ ތެލުން ވައްކަންކޮށް އޭގެއިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން ދަނިކޮށެވެ.
ސިޓީތަކާއި ބެހޭ މިނިސްޓްރީގެ މިނިސްޓަރުގެ ނައިބަކަށް ސުހެއިލް އައްޔަންކުރިކަން ސަރުކާރަކުން ހާމައެއް ނުކުރެއެވެ. އަދި ރައީސް އޮފީހުގެ ވެންސައިޓްގައި އެމިނުސްޓްރީގެ އިސްވެރިންގެ ތެރޭގައިވެސް އޭނާގެ ފޮޓޯއެއް ނެތެވެ.
އެހެންނަމަވެސް ސިޓީތަކާއި ބެހޭ މިނިސްޓްރީގެ މުވައްޒަފުން ރޯދަަހު ކުރި މަސައްކަތް އަގުވަޒަން ކުރަން މިނިސްޓަރު އާދަމް ޝަރީފް އެ މިނިސްޓްރީގެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ސުހެއިލް ހުންނަތަން ފެންނަ ފޮޓޯއެއް މިނިސްޓަރު ވަނީ އެކްސްގައި އާއްމުކުރައްވާފައެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވައްކަން ކުރުމުގެ މައްސަލައިގައި އެ ކުންފުނީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރިއެވެ.
އެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން އެ ތަހުގީގު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް އާއްމެއް ނުކުރެއެވެ.