ads
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ސަލީމް.
ގައުމު ހަލާކު ވަނީ މެމްބަރުންނާ ހެދި، ހުރިހާ ކުށްވެރިންނަކީ މެމްބަރުން: ސަލީމް
ގައުމު ހަލާކުވަނީ ރައްޔިތުން މަޖލީހުގެ މެމްބަރުންނާއި ހެދިކަމަށައި ހުރިހާ ކުށްވެރިންނަކީ މެމްބަރުންކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
Advertisement

އިއްޔެ ބޭއްވި މަޖލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ޖަރީމާ ހިންގާ މީހުންނާ މެދު މިދިޔަ 15 ވަރަކަށް އަހަރު ވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާކަމަށެވެ. 

ސަލީމް ވިދަޅުވީ ގައުމު އިސްލާހުކުރުމުގެ ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުން ދީފައިވަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ އަތްމަށްޗަށްކަމަށާއި މެމްބަރުންގެ އެ ހިތްވަރު ނެތް ނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. 

"މިތަނަށް ފޮނުވާފައި ތިބީ 5،000 މީހުންނަށް ނާދެވޭނެތީ އަޅުގަނޑުމެން މި ކަންކަން އިސްލާހު ކުރަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނެތް މިއިން ސަލާމަތް ވެވޭކަށް. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ޒިންމާ ނަގަން ޖެހޭނީ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ގޯހުން ކަމެއް ހިނގިޔަސް ނުވަތަ މީހަކު ކުރިނަމަވެސް އެ މީހަކަށްވެސް ފިޔަވަޅު އެޅުމުގެ ބާރު އޮތީ މަޖިލީހަށްކަމަށެވެ. އެހެންކަމުން ކަންކަން ގޯހުން ދަނީ މަޖިލީހުގެ މެމްބަރުން ގޯސްވެ މަޖިލީހުގެ މެްމބަރުންގެ ހިތްވަރު ނެތުުމުންކަމަށް ސަލީމް ވިދާޅުވިއެވެ. 

ރައްޔިތުން ހުރިހާ ބާރެއް ދިނީ ރައްޔިތުންގެ މަޖިލިހަށް ކަމަށާއި އޭގެ ތެރޭގައި ގާނޫނު ބަދަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރުންވެސް އެހެނިހެން ބާރުތައް ހިމެނޭކަން ސަލީމް ފާހަގަކުރެއްވިއެވެ. 

"އެހެންވީމާ ހަގީގަތުގައި ހުރިހާ ކުށްވެރިންނަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުންގެ މަޖިލިހަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ގާނޫނު ބުނާ ގޮތަކުންނެއް. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮންމެ ގޮތެއް ހަދައިގެން ވެސް މި މަޖިލިހަށް ރައްޔިތުން ފޮނުވާފައި ތިބި މަންދޫބުން މި ގައުމު އިސްލާހު ކުރުމުގެ ބާރު އޮތް ބަޔަކީ ހަމައެކަނި،" ސަލީމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި ސަލީމް މިވާހަކަ ދައްކަވާފައިވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ކޮރަޕަޝަން މައްސަލަތަކުހެ ވާހަކަތައް އެ ކޮމެޓީގައި ދެއްކުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް